logo

ދުންފަތުގެ އިސްތިއުމާލުކުރާ އާބާދީ ކުޑަކުރަން ފަސް އަހަރުގެ ގައުމީ ކެމްޕެއިނެއް ފަށައިފި

ދުންފަތުގެ އިސްތިއުމާލުކުރާ އާބާދީ ކުޑަކުރަން ފަސް އަހަރުގެ ގައުމީ ކެމްޕެއިނެއް ފަށައިފި

SHARE

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އާބާދީ ކުޑަކުރުމުގެ މަގްސަދުގައި ސަރުކާރުން ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ގައުމީ ކެމްޕެއިނެއް މިއަދު ރަސްމީކޮށް އިއުލާންކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ކެމްޕެއިން އިއުލާން ކުރެއްވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރުގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާނާއި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރު ގީލާ ވިދާޅުވީ މި ކެމްޕެއިން ފަސް އަހަރަށް ބަހާލައިގެން ރޭވީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަކީ ކުރު މުއްދަތެއްގެ ތެރޭގައި ނަތީޖާ ހާސިލްކުރެވޭނެ ކަމަކަށް ނުވާތީ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް ސަރުކާރުން މިހާތަނަށް ވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ގީލާ ވިދާޅުވީ، ވޭޕް މަނާކުރުމާއި "ޖެނެރޭޝަނަލް ބޭން" ނުވަތަ ވަކި އަހަރެއްގެ ފަހުން އުފަންވާ މީހުންނަށް ދުންފަތް މަނާކުރުމަކީ އޭގެ ތެރެއިން މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 25 ޕަސެންޓް ނުވަތަ ކޮންމެ ހަތަރު މީހަކުން އެކަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހެކެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މި ކެމްޕެއިންގެ ދަށުން ސްކޫލް ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ކެމްޕެއިންގެ ދަށުން ތައުލީމީ ދާއިރާގެ އިތުރުން ކުޅިވަރާއި ޒުވާނުންގެ ދާއިރާ އަދި މަދަނީ ޖަމިއްޔާތައް މެދުވެރިކޮށް އާންމުން ހޭލުންތެރިކުރުމުގެ އެކި ހަރަކާތްތައް ހިންގުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން ދުންފަތާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުން ހަރުދަނާކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވަމުން މިނިސްޓަރު ޝަފީއު ފާހަގަކުރެއްވި ގޮތުގައި، ވޭޕް މަނާކުރުމަށާއި ޖެނެރޭޝަނަލް ބޭން ގެނައުމަށް ސަރުކާރުން ނިންމި ނިންމުމަށް ބެލެނިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

މިފަދަ ކެމްޕެއިނެއް ކާމިޔާބުކުރުމުގައި އާންމުންނާއި ޖަމިއްޔާތަކުގެ ބައިވެރިވުން މުހިންމުކަން ހުރިހާ މިނިސްޓަރުން ވެސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d