logo

އާ އެއްބަސްވުންތަކުގައި ސޮއިކުރެވޭ ވަރަކުން ގޯތި ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: މުއްތަލިބް

ޢާއިޝަތު ނުޒުހާ

ޢާއިޝަތު ނުޒުހާ

15 އޭޕްރީލު 2026 - 06:05
އާ އެއްބަސްވުންތަކުގައި ސޮއިކުރެވޭ ވަރަކުން ގޯތި ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: މުއްތަލިބް

SHARE

ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކުގެ އާ އެއްބަސްވުންތަކުގައި ސޮއިކުރެވެމުން ދާ މިންވަރަކުން އިން ވަކިކޮށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގޯތިތަކާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްތަލިބް ވިދާޅުވީ މިހާތަނަށް އިން ވަކިކޮށް ހުޅުމާލެ ފޭސް 3 އިން 125 ގޯތި އަދި ގުޅިފަޅުން 169 ގޯތި ހަވާލުކޮށްފައިވާ ކަމަށެވެ.

ހުޅުމާލެ ފޭސް 3 އިން ދޫކުރާ ގޯތިތަކުގެ ތެރެއިން އައު އެގްރީމެންޓްގައި ސޮއިކޮށްފައިވައިވަނީ 451 ގޯތީގައި ކަމަށާއި ގުޅިފަލުން މިހާތަނަށް 2972ގޯއްޗެއްގެ އެގްރީމެންޓުގައި ސޮއިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއްތަލިބް ވިދާޅުވި ގޮތުގައި ގިރާވަރުގެ ގޯތިތައް ހަވާލުކުރުން ލަސްވަނީ ނުހިއްކާ އޮތް ބިން ތަކުން ރެޖިސްޓްރީ ދޫ ނުކުރެވޭނެތީ އެ ކަންކަން އާ ކުރަމުން އަންނާތީ ކަމުގައެވެ.

އަންނަ މެއި މަހުގެ ނިޔަލަށް ގިރާވަރުގެ މަސައްކަތް އެއްކޮށް ހިއްކާ ނިމޭނެ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ނުހިއްކާ އޮތް ބިން ތަކުން ދީފައިވާ ގޯތި, ބިން ހިއްކާ ނިމުމާއެކު ރެޖިސްޓްރީ ހަވާލުކޮށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/