logo

މުއްތަލިބު އައްޑޫ ކައުންސިލަށް: އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ދޭއިރުވެސް އޮންނަނީ ފެއިލުވެފައި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

15 އޭޕްރީލު 2026 - 13:07
މުއްތަލިބު އައްޑޫ ކައުންސިލަށް: އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ދޭއިރުވެސް އޮންނަނީ ފެއިލުވެފައި

މިއަދުގެ މަޖިލީހުގައި ވަޒީރު މުއްތަލިބު ޖަވާބުދެއްވަނީ -- ފޮޓޯ: މަޖިލިސް

SHARE

ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއްދޭއިރުވެސް، އައްޑޫ ސިޓީ ކައުންސިލަށް މަގުމަތީގައި ހުންނަ ޕޮޓްހޯލްތައް ނުހެދުމަކީ ކައުންސިލުގެ ނާގާބިލުކަން ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ވަޒީރު އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަން ވަޑައިގެން އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން އައްޑޫ ސިޓީގެ ލިންކް ރޯޑްގެ މަސައްކަތް ފެށޭނީ ކޮންއިރަކުންތޯ މެންބަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ އެ މަސައްކަތް މިހާރު އާރްޑީސީއާ ހަވާލުކޮށްފައިވާކަމަށާއި، ވަރަށް އަވަހަށް އެ މަސައްކަތް އެ ކުންފުނިން ފަށާނެ ކަމަށެވެ.

އެހެން ވިދާޅުވުމަށްފަހު ވަޒީރު ވަނީ، ރަށްރަށުގެ މަގުތައް މެއިންޓެއިންކޮށް ބެލެހެއްޓުމަކީ އެ ރަށެއްގައި އޮންނަ ކައުންސިލެއްގެ ޒިންމާއެއްކަން ފާހަގަކުރައްވާފައެވެ.

އެގޮތުން އައްޑޫ ސިޓީކައުންސިލަކީ ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި އެތައް ސަތޭކަ މިލިއަން ރުފިޔާދޭ ކައުންސިލަކަށްވާއިރު، މަގުމަތީގައި ހުންނަ ޕޮޓްހޯލްތައް އެ ކައުންސިލަށް ރަނގަޅުނުކުރެވުމަކީ "ފެއިލް" ވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

/
ސަރުކާރުގެ މިނިސްޓްރީއެއްގެ ޒިންމާއެއް ނޫން ރަށްރަށުގައި ހުންނަ މެއިންޓެއިންކޮށް ބެލެހެއްޓުމަކީ އެއީ އެެރަށެއްގައި އިންތިހާބުކޮށްފައި އޮންނަ ކައުންސިލެއްގެ ޒިންމާއެއް. އެހެންވީމާ އައްޑޫ ސިޓީ ކައުންސިލަށް އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ދައުލަތުން ދޭ އިރުގައި މަގުގައި ހުންނަ ޕޮޓްހޯލްތައް ހެދޭވަރުގެ މެކޭނިޒަމެއް ނެތް ކަމަށް ވެއްޖެއްޔާ އަޅުގަނޑަށް ހީވަނީ ކައުންސިލް އެއޮތީ ފެއިލްވެފައިހެން، - ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު

ވަޒީރު އެހެން ވިދާޅުވިއިރު، އައްޑޫ ސިޓީ ކައުންސިލުގައި މިވަގުތު އޮންނަނީ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލެއްކަން ފާހަގަކުރެވެއެވެ. އަދި ކުރިޔަށް އޮތް ދައުރަށް ވެސް އިންތިހާބުވި ހުރިހާ ކައުންސިލު އަދި ޑަބްލިއުޑީސީ މެންބަރުންނަކީ ވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުންކަން ފާހަގަކުރެވެއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/