logo

ޕީއެންސީ ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބަކީ ރާއްޖެ ބަނގުރޫޓުނުވުން: ސައީދު

ޢާއިޝަތު ނުޒުހާ

ޢާއިޝަތު ނުޒުހާ

20 އޭޕްރީލު 2026 - 04:38
ޕީއެންސީ ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބަކީ ރާއްޖެ ބަނގުރޫޓުނުވުން: ސައީދު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސައީދު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

SHARE

ޕީއެންސީ ސަރުކާރުން ހޯދި އެންމެ ބޮޑު ކާމިޔާބަކީ ރާއްޖެ ބަނގުރޫޓުނުވެ ސަލާމަތްކޮށްދިނުން ކަމަށާއި އެކަން ކޮށްދިނީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ މެންބަރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ އެމްޑީޕީން ވެރިކަމުން ފޭބީ ގައުމު ބަނގުރޫޓުކޮށްލާފައި ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އެކަމަށް ހައްލެއް ހޯދައިދެއްވުމަށް ކަމަށެވެ.

އެގޮތުން ސުކޫކުގެ 500 ޑޮލަރުގެ ބޮޑު ޕޭމަންޓެއް ދައްކައި. އިކޮނޮމީ ޑައިވާސިފައި ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށް ސައީދު ވިދާޅުވިއެވެ.

"މިތާގައި ތިބި މެޖޯރިޓި ޕީއެންސީ މެންބަރުންނަކީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިން އިއްޒަތްތެރި މެންބަރުން. ބަނގުރޫޓުވިޔަ ނުދީ ސަލާމަތް ކުރި މެންބަރުން," ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ޕީއެންސީ ސަރުކާރުން ހޯދި އެންމެ ބޮޑު ކާމިޔާބަކީ ރާއްޖެ ބަނގުރޫޓު ނުވުން ކަމަށާއި އެކަން ފަހިކޮށްދިނީ ޕީއެންސީ މެޖޯރިޓީ މަޖިލީހުންނެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/