އާ ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހަށް

ޢާއިޝަތު ނުޒުހާ
20 އޭޕްރީލު 2026 - 05:29

SHARE
އަލަށް އެކުލަވާލި ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހަށް ފޮނުއްވައިފިއެވެ.

ސަރުކާރުގެ 20 މިނިސްޓްރީގެ މެންޑޭޓަށް ބަދަލު ގެނެސް 15 އަށް މަދުކޮށް ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލާއި އަލަށް އައްޔަން ކުރި ވަޒީރުންނަށް ރުހުން ހޯދުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވެވި ސިޓީ މިއަދުގެ ޖަލްސާގައި ވަނީ އިއްވަވައިފައެވެ.
ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފައެވެ.
ވަޒީރުންގެ މަޖިލީހަށް ބަދަލުގެނައީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވީ 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.





