ރައީސް ވިދާޅުވިކަމަށް ބުނެ"އަދަދު"އިން ފަތުރަނީ ދޮގު: ސަރުކާރު

އަޙްމަދު ޝާބިން

SHARE
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޖަވާބެއްގެ މާނަ އޮޅުވާލައި، 'އަދަދު' ނޫހުން ޚަބަރު ފަތުރާފައިވާ ކަމަށް ބުނެ ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ދޮގުކޮށްފިއެވެ.

ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، މިއަދު 'އަދަދު' ނޫހުގައި ލީވާން ޢަލީ ނާޞިރު ލިޔެފައިވާ "ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް އިއުތިރާފުވެވަޑައިގެންފި" މި ސުރުޚީގެ ދަށުން ޝާއިޢުކޮށްފައިވާ ޚަބަރަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ހިމެނޭ ޚަބަރެއް ކަމަށެވެ.
މި ޚަބަރަކީ މިއަދު ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެހެން މީޑިއާއަކުން ކުރި ސުވާލަކަށް އެމަނިކުފާނު ދެއްވި ޖަވާބަށް ރިފަރެންސް ދީ ލިޔެފައިވާ ޚަބަރެކެވެ. ނަމަވެސް، އެ ޚަބަރުގެ ސުރުޚީއާއި އޭގައި ހިމެނޭ ވާހަކަތަކަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބުގެ ދޭހަވީ މާނަ އޮޅުވާލައި، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ ރޫހާއި މަޤްޞަދާ މުޅިން ޚިލާފު މާނައެއް އުފަންކުރުވައިގެން ލިޔެފައިވާ ލިޔުމެއް ކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި މިފަދަ ލިޔުންތަކަކީ ވަކި މަޤްޞަދެއް ޙާޞިލުކުރުމަށް ލިޔެވޭ "އަން-އެތިކަލް އަދި އަން-ޕްރޮފެޝަނަލް" ލިޔުންތަކެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ. އަދި މިފަދަ ކަންކަމާ ގުޅިގެން ކަމުގެ ޙަޤީޤަތް ސާފުކޮށް، ރައްޔިތުންނަށް ހާމަކޮށްދެމުންދާނެ ކަމުގެ ޔަގީންކަންވެސް ސަރުކާރުން ވަނީ ދީފައެވެ.
މިއަދު ނޫސްވެރިންގެ ބައްދަލުވުމުގެ ހަބަރެއްގެ ގޮތުން އަދަދުގެ ލީވާން ޢަލީ ނާޞިރު ލިޔެފައިވާ "ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް އިއުތިރާފުވެވަޑައިގެންފި"، ހަބަރަކީ އޮޅުވާލައިގެން މާނަ ފުށު އަރާ ގޮތަށް ލިޔެފައިވާ ހަބަރެއް ކަމަށް ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން





