ވަޒީފާ ދިނުމުގައި އިސްކަންދޭނީ މެރިޓާއި ތަޖުރިބާއަށް: ރައީސް

އަޙްމަދު ޝާބިން

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
SHARE
ވަޒީފާ ދިނުމުގައި ސިޔާސީ ކަންކަމަށް ބެލުމުގެ ބަދަލުގައި ދެން އިސްކަންދޭނީ މެރިޓާއި ތަޖުރިބާއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ނިމުނު ކައުންސިލު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖައަށް ބިނާކޮށް ސަރުކާރު ހިންގުމަށް ބަދަލުތަކެއް ގެންނާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިގޮތުން ސަރުކާރު ކުޑަކުރުމަށާއި ހަރަދުތައް ކުޑަަކުރުމަށް ރައީސްވަނީ ސަރުކާރުގެ ކެބިންޓް ކުޑަކުރައްވާ ބަދަލު ކުރައްވާފައެވެ. އަދި މަލިއްޔަތާއެ ބެހޭ ވުޒާރާއިން ސަރުކާރުގެ ކުންފުނިތަކުގައި އުޅޭ މުވައްޒަފުން ކުންފުންޔެއްގެ 33 އިންސައްތަ ކުޑަކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން މީހުން އައްޔަނުކުރުމުގެ ނިޒާމު އިސްލާހުކޮށް މެރިޓަށް އިސްކަންދިނުމަކީ ރައްޔިތުން އެދޭ ގޮތްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި އެ ކަންކަމަށް އިސްކަން ދެއްވާނޭކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މިއާއެކު ސަރުކާރުގެ އެއްވެސް ކުންފުންޏެއްގައި ވަކި މީހަކު ބުނެގެން އައްޔަން ކުރެވޭ މީހަކު ހުރެގެން ނުވާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.
ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުގައިވެސް ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބައްލަވާނެ ކަމަށާއި ސްޓޭޓް މިނިސްޓަރުންނަކީ ކަމާބެހޭ ދާއިރާއިން މާސްޓާސް ފެންވަރުގެ، އަދި ޑެޕިއުޓީ މިނިސްޓަރުންނަކީ ކަމާ ބެހޭ ދާއިރާއިން ޑިގްރީ ފެންވަރުގެ ސަނަދެއް އޮތް މީހެއް ކަމުގައި ހެދުމަށް މިންގަނޑުތަކެއް ގެންގުޅުއްވާނެކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.





