logo

އިންޑިޔާގެ 400 މިލިއަން ޑޮލަރުގެ ލޯނު ދައްކަން ސަރުކާރުން ނަޝީދާއެކު މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލައިފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

21 އޭޕްރީލު 2026 - 06:17
އިންޑިޔާގެ 400 މިލިއަން ޑޮލަރުގެ ލޯނު ދައްކަން ސަރުކާރުން ނަޝީދާއެކު މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލައިފި

SHARE

އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާގެ މޭޒަށް އައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އަނެއްކާވެސް ގޮވާލައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ނަޝީދު އެހެން ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހު އެމަނިކުފާނާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމައީލް، "ބޮޑު ބަދަލު"ގެ ނަމުގައި ވެރިކަމުގެ ވަށްޓަފާޅިއަށް ގެންނަން ބޭނުންވާ ބަދަލުތަކާއި، ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ އިތުރުން އިގްތިސާދީ ފުއްދުންތެރިކަން އިތުރުކުރުން ހިމެނޭ ޕްލޭނެއް އެކުލަވާލައި އެ ޕްލޭން އާންމުކުރައްވާފައި ވަނިކޮށެވެ.

އެ ޕްލޭނުގެ ދަށުން ސަރުކާރުން މަޝްވަރާގެ މޭޒަށް އައުމަށް އެމަނިކުފާނު އެދުވަހު ގޮވާލެއްވިއެވެ.

އެކަމާ ގުޅުވައި މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު މި އޭޕްރީލް މަހު އަނބުރާ ދައްކަންޖެހޭ ކަމަށާއި މި ފައިސާ ދެއްކުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފަސްކޮށްދީފައިވީ ނަމަވެސް، ތިންވަނަ ފަހަރަށް އެ މުއްދަތު އިތުރުކޮށްދިނުމަކީ އިންޑިއާގެ މާލީ ގަވާއިދުތައް ތަންދޭ ކަމެއް ނޫން ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނަމުންދާ ކަމަށެވެ.

އެހެން ނަމަވެސް 550 މިލިއަން ޑޮލަރުގެ ސުކޫކް ބޮންޑުގެ ފައިސާވެސް މި މަހު ދައްކަންޖެހޭއިރު، ރާއްޖޭގެ ޑޮލަރު ރިޒާވްގައި މިހާރު ފައިސާ ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

/

"ރާއްޖެ ޑިފޯލްޓް ވެއްޖެނަމަ މުޅި މާލީ ނިޒާމަށާއި ސަރުކާރާއި އަމިއްލަ ވިޔަފާރިތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ،" އެ ޕޯސްޓުގައި ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދާއި ފައްޔާޒް އިސްމާއީލް ހުށަހަޅުއްވާ 'ބޮޑު ބަދަލު'ގެ އެންމެ މުހިންމު އެއް ބޭނުމަކީ ދަރަނީގެ މައްސަލަތަކުގައި މަޝްވަރާ ކުރުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އިންޑިއާ ސަރުކާރާއެކު ދައްކާ ވާހަކަތަކަކީ ހުރިހާ ޕާޓީތަކެއް އެއްބަސްވެގެން ދައްކާ ވާހަކަތަކަކަށް ވެއްޖެނަމަ، އެކަން ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ހުށަހެޅުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ، އެއީ ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވި މެންޑޭޓުން ބޭރު ކަމެއް ކަމަށެވެ. އަދި އެފަދަ މަޝްވަރާތަކެއް ކުރުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/