logo

ތިން ރައީސުން ބައްދަލުކުރައްވައިފި: ވިދާޅުވީ އެންމެ މުހިންމީ ނޫސްވެރިން މިނިވަންކުރުންކަމަށް

ތިން ރައީސުން ބައްދަލުކުރައްވައިފި: ވިދާޅުވީ އެންމެ މުހިންމީ ނޫސްވެރިން މިނިވަންކުރުންކަމަށް

SHARE

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވައި ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި މިރޭ ބައްދަލުކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ތިން ރައީސުން އެކުގައި މިރޭ ބޭއްވި ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިން ރައީސުން ވެސް މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ސަރުކާރު ޖަވާބުދާރީކުރުވުމަށް ބައެއް ކަންކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

އަދި އެއްބަސްވެފައިވާ ކަންކަން ކުރުމަށްޓަކައި ކޮންމެ ރައީސަކު ވެސް ޓީމެއް ނަގާނެ ކަމަށާއި، އެ ޓީމުގެ މަޝްވަރާގެ މަތިން ބަހާލައިގެން އެ މަސައްކަތްތައް ކުރާނެ ކަމަށް ތިން ރައީސުން ވެސް ފާހަގަކުރެއްވިއެވެ.

އެ އެއްބަސްވުން އެކުލަވާލުމުގެ އެންމެ މުހިންމު ބޭނުމަކީ ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި ޖަލަށްލި "އަދަދު" ނޫހުގެ ދެ ނޫސްވެރިން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލުން ކަމަށް ވެސް ތިން ރައީސުން ފާހަގަކުރެއްވިއެވެ.

އިތުރު ތަފްސީލު އަންނަނީ..

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d