logo

ޗެއާޕާސަންކަމަށް ތައީދުކުރަނީ ނަޝީދަކަށް ނޫން، މީކާއިލަށް: އިބޫ

ޗެއާޕާސަންކަމަށް ތައީދުކުރަނީ ނަޝީދަކަށް ނޫން، މީކާއިލަށް: އިބޫ

SHARE

އެމްޑީޕީގެ ޗެއާޕާސަންކަމަށް ތައީދުކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަކަށް ނޫން ކަމަށާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވި ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ރައީސް ނަޝީދަށް ތާއިދުކުރައްވަތޯ ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް ވަނީ އެކަން ސާފުކޮށްދެއްވާފައެވެ.

ރައީސް ސޯލިހް ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބަށް ރައީސް ނަޝީދު ނުކުމެވަޑައިގަތީ ތަންކޮޅެއް ފަހުން ކަމަށާއި، ނަމަވެސް މީކާއިލް މީގެ ތިން މަސް ކުރިން އިންތިހާބަށް ނުކުމެވަޑައިގެންފައިވާ ކަމަށެވެ.

އަދި މީކާއިލް ނުކުމެވަޑައިގަތުމާއެކު އޭނާއަށް ތާއީދުކުރާ ވާހަކަ ކުރިންވެސް ވިދާޅުވެފައިވާނެ ކަމަށް ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.

"ދެން މި އޮތީ ޕާޓީ އެތެރޭގެ އިންތިހާބު ރައީސް ނަޝީދު މި އިންތިޚާބަށް ނުކުމެވަޑައިގަތީ ތަންކޮޅެއް ފަހުން. މީކާއީލު ތިން މަސް ކުރިން ނުކުމެއްޖެ. ނިކުތް ތަނުން އަޅުގަނޑު މީކާއީލަށް ތާއީދުކުރާ ވާހަކަ އޮންނާނީ ބުނެފައި އިނގޭތޯ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ރައީސް ނަޝީދު މިހާރު އެ އިންތިހާބުގައި ވާދަކުރެއްވި ނަމަވެސް، އެމަނިކުފާނުގެ ތާއީދު އޭރު އޮތް ގޮތަށް އަދިވެސް އޮތީ މީކާއިލަށް ކަމަށާއި، އެ ނިންމުމަށް ބަދަލެއް ނާންނަ ކަމަށެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d