logo

އަށް ވަނަ ވޯޓުން ކުރި ލިބިގެން މަހިބަދޫ ކައުންސިލްގެ ނާއިބަކަށް ޒައީމާ ހޮވިއްޖެ

މިރާޝް މޫސާ

19 މޭ 2026 - 05:24
އަށް ވަނަ ވޯޓުން ކުރި ލިބިގެން މަހިބަދޫ ކައުންސިލްގެ ނާއިބަކަށް ޒައީމާ ހޮވިއްޖެ

މަހިބަދޫ ކައުންސިލުގެ ނާއިބު ރައީސަކަށް އިންތިޚާބުވި ޒައީމާ--

SHARE

އދ މަހިބަދޫ ކައުންސިލަށް ނާއިބު ރައީސަކު ހޮވުމަށް ނެގި އަށް ވަނަ ވޯޓު ކާމިޔާބު ކުރައްވާ، އެ މަގާމަށް އެމްޑީޕީގެ ކައުންސިލަރު ޒައީމާ މުހައްމަދު ހޮވިއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މަހިބަދޫ ކައުންސިލަށް ނާއިބު ރައީސަކު ނުހޮވި ދިގުލައިގެން ދިޔައީ އެ މަގާމަށް ކައުންސިލަރަކު ހޮވަން ކައުންސިލުގައި ނެގި ވޯޓުތައް އެއްވަރު ވުމުންނެވެ.

އެމަގާމަށް އެންމެ ފުރަތަމަ ތިން ކައުންސިލަރަކު ވަނީ ކުރިމަތިލައިފައެވެ. އެއީ އެމްޑީޕީގެ ޓިކެޓުގައި ހޮވުނު ޒައީމާގެ އިތުރުން، ޕީއެންސީގެ ޓިކެޓުގައި ހޮވުނު، މުހައްމަދު މައުމޫނާއި، އަމިއްލަގޮތުން ހޮވުނު ބުންޔާމީން ހަސަން އެވެ.

ކައުންސިލްގެ ނާއިބު ރައީސް ހޮވުމަށް އާ ކައުންސިލް ހުވާ ކުރި ދުވަހު ވެސް ހަ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. ފުރަތަމަ ބައްދަލުވުމުގައި ޒައީމާ އާއި، މައުމޫނަށް ދެ ވޯޓު ލިބުނު އިރު ބުންޔާމީނަށް ލިބުނީ އެއް ވޯޓެވެ. އޭގެ ފަހުން ވެސް ޒައީމާއާއި މައުމޫންގެ ވޯޓު ދިޔައީ އެއްވަރު ވަމުންނެވެ. އަދި އެއް ވޯޓު ދިޔައީ ބާތިލު ވަމުންނެވެ.

އިއްޔެ މެންދުރާ ހަމައަށް ކައުންސިލުގެ ހަތް ބައްދަލުވުން ބޭއްވި އިރު ވެސް ނަތީޖާ ވަނީ އެއްވަރު ވެފައެވެ.

އެންމެ ފަހުން، އެ މައްސަލައިގައި ގޮތް ނިންމާފައިވަނީ ރޭ 21:00ގައި އޮތް ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ނެގި ވޯޓުގައި ޒައީމާއަށް ވަނީ ތިން ވޯޓު ލިބިފައެވެ. އެނގިފައިވާ ގޮތުގައި ޒައީމާއަށް ވޯޓު އިތުރުވީ އަމިއްލަ މެންބަރު ބުންޔާމީން ވަކި ކޮޅަކަށް ވޯޓު ދެއްވުމަށް ނިންމެވުމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d