logo

ޅ. އަތޮޅު ފަޅުރަށަކުން ފެނުނު ކިނބުލެއް ސިފައިންނާ ހަވާލުކޮށްފި

ޢާއިޝަތު ނުޒުހާ

ޢާއިޝަތު ނުޒުހާ

18 އޭޕްރީލު 2026 - 08:54
ޅ. އަތޮޅު ފަޅުރަށަކުން ފެނުނު ކިނބުލެއް ސިފައިންނާ ހަވާލުކޮށްފި

SHARE

ޅ. އަތޮޅު ފަޅު ރަށަކަށް ދަތުރު ދިޔަ ބަޔަކަށް ފެނުނު ކިނބުލެއް ހިފައި ސިފައިންނާ ހަވާލުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެމްއެންޑީއެފްއިން ބުނި ގޮތުގައި ކިނބޫ ފެނިފައިވަނީ އެ އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅު ރަށަކުން މިއަދު ހެނދުނު 07:00 ހާއިރު އެވެ. ކިނބޫ ފެނުމުން އެ މީހުން ވަނީ އެ ހިފައިގެން ނައިފަރަށް ގޮސްފައެވެ.

އެމްއެންޑީއެފްއިން ބުނީ އެ ކަން ނައިފަރު ޕޮލިސް ސްޓޭޝަނުން ސިފައިންނަށް ރިޕޯޓު ކުރުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ނައިފަރަށް ގޮސް، އެ ކިނބޫ ވަނީ ޅ.މާފިލާފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް އެކި ދުވަސްވަރު ކިނބޫ ފެނިގެން ސިފައިން އެ ނަގާ ރާއްޖޭ ނާދެވޭ ގޮތަށް ދޫކޮށްލައިފައިވެއެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/