logo

ސައުދީގައި ކިޔަވަން އެ ގައުމުގެ ސަރުކާރުންދޭ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސައުދީގައި ކިޔަވަން އެ ގައުމުގެ ސަރުކާރުންދޭ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސައުދީ އަރަބިއްޔާ

SHARE

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ފަރާތުން، އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންގެ ތެރެއިން އެ ގައުމުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރާއްޖޭގެ ދަރިވަރުންނަށް ވެސް އެ ފުރުސަތު ހުޅުވާލިކަން ހާމަކޮށްފައިވަނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.

މި ފުރުސަތުގެ ދަށުން ކިޔަވަން ބޭނުންވާ ދަރިވަރުން "ސްޓަޑީ އިން ސައުދީ" ޕޯޓަލް މެދުވެރިކޮށް ކުރިމަތިލުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ސައުދީ އެމްބަސީން ބުނި ގޮތުގައި، ޝައުގުވެރިވާ ފަރާތްތަކުން ވެބްސައިޓްގެ ލިންކު މެދުވެރިކޮށް، ކަނޑައެޅިފައިވާ ޝަރުތުތައް ބެއްލެވުމަށްފަހު ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

View post on Twitter

މި ޕްރޮގްރާމްގެ ދަށުން ކިޔެވުމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، އުމުރުން 16 އަހަރު ފުރިފައިވާ ފަރާތަކަށް ވުން ހިމެނެއެވެ. މީގެ އިތުރުން، މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮތުމަކީވެސް ލާޒިމު ކަމެކެވެ.

އަދި ކުރިމަތިލާ ދަރިވަރުންނަކީ ގައިންގަޔަށް އަރާ ބަލިތަކުން ސަލާމަތްވެފައިވާ ފަރާތެއްކަން ސާބިތުކޮށްދޭ މެޑިކަލް ރިޕޯޓެއް ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، ކިޔަވަން ބޭނުންވާ ތައުލީމީ މުއައްސަސާއަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ، އެޓެސްޓް ކުރެވިފައިވާ ސެޓްފިކެޓްތަކާއި ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެއެވެ.

މި ފުރުސަތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ދަރިވަރުންނަށް ސައުދީ އަރަބިއްޔާގެ މަތީ ތައުލީމުދޭ މުއައްސަސާތަކުން ތައުލީމު ހާސިލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d