logo

މިއަދަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް، އީދު ވާނީ މޭ 27 އަށް

މިއަދަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް، އީދު ވާނީ މޭ 27 އަށް

މައްކާގައި ހުންނަ ކަޢުބަތުﷲ، ގެފުޅު --

SHARE

ޒުލްހިއްޖާ މަހުގެ ހަނދު ރޭގައި ފެނިފައިވާތީ، މިއަދަކީ މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ރޭ ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ސައުދީ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހަނދު ފެނުމާ ގުޅިގެން މި އަހަރުގެ ބަރަކާތްތެރި އަރަފާތު ދުވަހަކީ މި ހިނގާ މޭ މަހުގެ 26 ވާ އާދިއްތަ ދުވަސް ކަމަށެވެ. އަދި މި އަހަރުގެ އަދުހާ އީދު ނުވަތަ ބޮޑު އީދު ދުވަހަކީ މޭ މަހުގެ 27 ވާ ހޯމަ ދުވަސް ކަމަށްވެސް އެ ގައުމުން ވަނީ ކަނޑައަޅާފައެވެ.

މި އަހަރުގެ ހިޖުރީ ކަލަންޑަރުގައިވާ ގޮތުންވެސް ބޮޑު އީދު ދުވަހަކީ މި މަހުގެ 27 ވަނަ ދުވަހެވެ. އަދި އަރަފާތު ދުވަހަކީ މި މަހުގެ 26 ވަނަ ދުވަސް ކަމުގައި ހިޖުރީ ކަލަންޑަރުންވެސް ދައްކައެވެ.

މި އަހަރުގެ ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ރާއްޖެއިން ޖުމުލަ 1000 ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ތިން ގުރޫޕެއް މިހާރު ވަނީ ސައުދީއަށް ގޮސްފައެވެ.

ހައްޖުގެ އަޅުކަމަށް ފުރާ ބާކީ ތިބި ގުރޫޕް މާދަމާ ސައުދީއަށް ފުރުމަށް ވަނީ ތާވަލުކުރެވިފައެވެ. ހައްޖު ކޯޕަރޭޝަނުން އަންނަނީ ހައްޖުވެރިންގެ ކަންކަން އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d