logo

ދިވެހި ހުރިހާ ހާޖީން އަރަފާތުގައި، އެންމެންގެ ހާލު ރަނގަޅު: ވަޒީރު

ދިވެހި ހުރިހާ ހާޖީން އަރަފާތުގައި، އެންމެންގެ ހާލު ރަނގަޅު: ވަޒީރު

SHARE

މިއަހަރުގެ ބަރަކާތްތެރި ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ހުރިހާ ދިވެހި ހާޖީން މިހާރު އަރަފާތަށް ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިނިސްޓަރު ވިދާޅުވީ، ﷲ ގެ ހެޔޮ ރަހުމަތްފުޅުން ހުރިހާ ދިވެހި ހާޖީންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށެވެ.

އަދި ހުރިހާ ހާޖީންވެސް މިހާރު ތިބީ ހައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ އަރަފާތް ބިމުގައި ކަމަށް މިނިސްޓަރު މައުލޫމާތު ދެއްވިއެވެ.

މިނާގެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ ހާޖީއާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ރޭގެ ވަގުތެއްގައި އެޑްމިޓްކުރި އެ ހާޖީގެ ހާލުވެސް މިހާރު ރަނގަޅު ކަމަށެވެ.

އަދި ހައްޖު ކޯޕަރޭޝަނުގެ އެހީތެރިކަމާއެކު މިއަދު އޭނާވެސް އަރަފާތަށް ގެންގޮސްފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އަލްހަމްދުލިﷲ، ހުރިހާ ކަމެއްވެސް ރަނގަޅު. ހައްޖު ކޯޕަރޭޝަނުން ވަނީ މިއަދު އޭނާ (ބަލިވި ހާޖީ) ވެސް އަރަފާތަށް ގެންގޮސްފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަންގެ އެހީތެރިން ދަނީ ހާޖީންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި މެދުކެނޑުމެއްނެތި ހަރަކާތްތެރިވަމުންނެވެ. މިއަހަރު ރާއްޖެއިން 1،000 އެއްހާ މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d