logo

ޙައްޖު ޚުޠުބާގައި ގޮވާލީ މުސްލިމު އުންމަތުގެ އެއްބައިވަންތަކަމަށް!

ޙައްޖު ޚުޠުބާގައި ގޮވާލީ މުސްލިމު އުންމަތުގެ އެއްބައިވަންތަކަމަށް!

SHARE

މާތްﷲ އަށް ތަޤުވާވެރިވެ, ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމާއި އިންސާފު ޤާއިމުކުރުމަށް މި އަހަރުގެ ހައްޖު ޚުތުބާގައި ގޮވާލައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ތާރީޚީ މަސްޖިދުއް ނަމިރާގައި އައްޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލްޙުޒައިފީ ދެއްވި މި ޚުޠުބާގައި، އީމާންތެރިކަން އާލާކޮށް، ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ތަޤުވާވެރިކަން އިސްކުރުމަށް ބާރުއަޅުއްވާފައިވެއެވެ.

މި ޚުޠުބާގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާއި، އެކުވެރިކަމާއި، އަޚުވަންތަކަމުގެ މައްޗަށެވެ.

އެގޮތުން ޙައްޖުގެ މަތިވެރި އަޅުކަމުގައި ހުރިހާ ޙައްޖުވެރިން އެއްފަދަ ހުދު އިޙްރާމް ބަަނދެގެން ތިބޭ ތިބުމަކީ ދުނިޔަވީ ހުރިހާ ތަފާތުތަކެއް ނައްތާލައި، އެއްބައިވަންތަކަން ދައްކުވައިދޭ ކަމެއްކަން ޝައިޚް ފާހަގަކުރެއްވިއެވެ. އަދި ބައިބައިވުމާއި ފިތުނަވެރިކަމުން ދުރުހެލިވުމަށް ވަނީ ނަޞޭޙަތްތެރިވެވަޑައިގެންފައެވެ.

އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ވަދާޢީ ޙައްޖުގެ ޚުޠުބާއަށް އަލިއަޅުއްވާލައްވަމުން، އިންސާނީ ޙައްޤުތަކާއި އިޖުތިމާޢީ ޒިންމާތަކުގެ މައްޗަށް ޝައިޚް އަލްޙުޒައިފީ ވާހަކަފުޅު ދެއްކެވިއެވެ.

އެގޮތުން އިންސާނާގެ ފުރާނައާއި، ކަރާމާތާއި، މުދާ ރައްކާތެރިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި، އަންހެނުންނަށް އިޙްތިރާމްކުރުމަށާއި، މާލީ އިންސާފު ޤާއިމުކުރުމަށާއި، މުޖުތަމަޢުގެ ނިކަމެތިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ވަނީ ޝެއިޚް ވަނީ ގޮވާލާފައެވެ.

ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، ތަޤުވާވެރިކަމަކީ ހަމައެކަނި އަމިއްލަ ނަފްސަށް އޮންނަ އިޙްސާސެއް ނޫނެވެ. އެއީ މުޖުތަމަޢުގެ ޒިންމާތައް އަދާކުރުމުގެ ބިންގަލެވެ.

ތަޤުވާވެރިކަމަކީ މީހާ އެހެން މީހުންނާ މުޢާމަލާތްކުރާ ގޮތާއި ދުނިޔޭގައި އުޅޭ ގޮތް ކަނޑައަޅައިދޭ، މާތްﷲ އަށް އޮންނަ ބިރުވެތިކަން ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ.

ޚުޠުބާ ނިންމަވާލައްވަމުން ޝައިޚް ވިދާޅުވީ، މުޖުތަމަޢެއްގައި ހަޤީޤީ އެއްބައިވަންތަކަމާއި، އިންސާފާއި، އިޖުތިމާޢީ ހަމަހަމަކަން ޤާއިމުކުރެވޭނީ ކޮންމެ ފަރުދެއްގެ ކިބައިގައިވެސް ދީނީ އަދި އަޚުލާޤީ ޒިންމާދާރުކަން ހުރެގެން ކަމަށެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d