logo

ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު ތިބީ މިނާގައި: ހައްޖު ކޯޕަރޭޝަން

ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު ތިބީ މިނާގައި: ހައްޖު ކޯޕަރޭޝަން

1447 ވަނަ އަހަރުގެ ހައްޖަށް ރާއްޖެއިން މައްކާއަށް ފުރި ހައްޖުވެރިން ވެލާނާ އެއާޕޯޓުގައި -- ނުކުތާ ފޮޓޯ: އިބްރާހިމް ނާއިޝް

SHARE

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސް ތިބި ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު މިނާއަށް ގޮސް ނިމިފައިވާ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިއަދު ހާމަކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، ދިވެހި ޙާޖީން މިނާއަށް ދަތުރު ފަށާފައިވަނީ މައްކާ ގަޑިން ރޭގެ 9:30 ހާއިރުގައެވެ. އަދި މިރޭގެ ވަގުތެއްގައި ޙައްޖުވެރިން ޢަރަފާތަށް ދަތުރު ފަށާނެ ކަމަށް ވެސް މިނިސްޓަރު މަޢުލޫމާތު ދެއްވިއެވެ.

ދިވެހި ޙާޖީންނަށް ލިބޭ ޚިދުމަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ވެސް ޙައްޖުވެރިންނަށް މިހާތަނަށް ލިބޭނެ އެންމެ މަތީ ފަންތީގެ ޚިދުމަތާއި އެހީތެރިކަން ޙައްޖު ކޯޕަރޭޝަނުން ފޯރުކޮށްދެމުންދާ ކަމަށެވެ.

މިނާ އާއި ޢަރަފާތުގައި ޙައްޖުވެރިންނަށް ބޭނުންވާ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން ހައްޖުވެރިންގެ އަރާމަށްޓަކައި ޓެންޓުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ތަފްސީލް ދެއްވަމުން ޙައްޖު ކޯޕަރޭޝަނުން ބުނީ، ކުރިން ބޭނުންކުރި ސޯފާ ބެޑްތަކުގެ ބަދަލުގައި މިފަހަރު ބޭނުންކުރާނީ ފްލެޓް ބެޑްތައް ކަމަށެވެ. މީގެ އިތުރުން، ޓެންޓުތައް ފިނިކުރުމަށް އެންމެ ފަހުގެ އޭސީ ސިސްޓަމްތައް ހަރުކޮށް، ޓެންޓުން ބޭރުގައި އިށީނދެލައިގެން ތިބެވޭނެ ބެންޗުތަކާއި ހިޔާލިބޭނެ ގޮތަށް ފުރާޅުތައް ވެސް ވަނީ ޖަހާފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d