logo

ރައީސްގެ ލަންކާ ދަތުރުފުޅު: ދެގައުމުގެ ގުޅުން އައު އުސްމިންތަކަކަށް، ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް!

ރައީސްގެ ލަންކާ ދަތުރުފުޅު: ދެގައުމުގެ ގުޅުން އައު އުސްމިންތަކަކަށް، ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް!

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ، އެގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށާއި، ދެގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ގުޅުންތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވި ތާރީޚީ ދަތުރުފުޅެކެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ދަތުރުފުޅުގައި ދިވެހިންނަށް އެންމެ ބޮޑު އުފާވެރިކަމެއް ގެނުވި އެއް ކަމަކީ، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށް، ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް އެގައުމުގައި ފައްޓަވައިދެއްވުމެވެ.

މީގެ އިތުރުން، ލަންކާގައި ވަޒަންވެރިވެފައިވާ ދިވެހިންނަށް ކުރިމަތިވާ ވިސާގެ ދަތިތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

undefined

ދިފާޢީ އަދި އިޖުތިމާއީ ދާއިރާއިން 7 ފަހުމުނާމާއެއް

ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، ތަފާތު 7 ދާއިރާއަކުން މުހިންމު ފަހުމުނާމާތަކެއްގައި ވަނީ ސޮއިކޮށްފައެވެ.

އޭގެ ތެރޭގައި ދިފާޢީ ދާއިރާއިން ތަމްރީނުތަކާއި ދިރާސާކުރުމުގެ ފަހުމުނާމާގެ އިތުރުން، ތަޢުލީމީ ދާއިރާއިން ޓީޗަރުން ތަމްރީނުކުރުމާއި، ސިއްޙީ ދާއިރާއިން ޔުނިވަރސިޓީ އޮފް ކޮލަމްބޯ ފަދަ މުއައްސަސާތަކާއެކު ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާ ހިމެނެއެވެ.

undefined

އަދި ފަތުރުވެރިކަން ކުރިއެރުވުމާއި، އަރުޝީފާއި ތަރިކަ ރައްކާތެރިކުރުމުގެ އިތުރުން ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށްވެސް މި ފަހުމުނާމާތަކުގެ ދަށުން ވަނީ އެއްބަސްވެފައެވެ.

ބިޒްނަސް ފޯރަމް: އިގްތިސާދީ އައު ބާބެއް

ގާތްގަނޑަކަށް ނުވަ އަހަރަށްފަހު ދެ ގައުމުގެ ދެމެދުގައި ބޭއްވި ފުރަތަމަ ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެ މިހާރު އޮތީ ތަރައްޤީގެ މުޅިން އާ މަރުހަލާއެއްގެ ދޮރުމަތީގައި ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމާއި އިމާރާތްކުރުމުގެ ދާއިރާގައި ލަންކާގެ ކުންފުނިތަކުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި، ރައީސް ވަނީ ދިވެހި ވިޔަފާރިވެރިންނަށްވެސް ލަންކާގައި ފުރުސަތުތައް ފަހިވެފައި އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

undefined

އަދި ރާއްޖޭގެ "ވިޝަން 2040" އަމާޒަށް ވާސިލްވުމަށްޓަކައި، ޑިޖިޓަލް އިގްތިސާދާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް

ރާއްޖޭގެ އިގްތިސާދީ ސިޔާސަތުތަކަށް ގެނައި އިސްލާހީ ބަދަލުތަކާއެކު، ރާއްޖެއަކީ އިންވެސްޓްމަންޓްތަކަށް އިތުބާރު ހުރި ގައުމެއްކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

އެގޮތުން ބޭރުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުމަށްޓަކައި ގާނޫނީ އޮނިގަނޑު ޒަމާނީކޮށް، ވިޔަފާރިތަކަށް އޮތް ހުރަސްތައް ނައްތާލުމަކީ ސަރުކާރުގެ އިސް ސިޔާސަތެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

undefined

މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޚިދުމަތްތައް ލަންކާގައި ފުޅާކުރުމާއި ދިވެހި އުފެއްދުންތައް އެގައުމުގެ ބާޒާރަށް ތައާރަފްކުރުމަކީވެސް މި ދަތުރުފުޅުގެ ތެރެއިން ރޭވިފައިވާ މުހިންމު ކަންކަމެވެ.

ޖުމްލަ ގޮތެއްގައި، ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ލަންކާއަށް ދަތުރުކުރާ ދިވެހިންނަށާއި، އެގައުމުގައި ވަޒަންވެރިވެގެން ތިބި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދީ، ދެގައުމުގެ އިގްތިސާދީ ގުޅުން އައު ހަރުފަތަކަށް ގެންގޮސްދިން ނުހަނު ކާމިޔާބު ދަތުރުފުޅެކެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d