logo

އެބޯލާ ފެތުރޭތީ ސިއްހީ ނުރައްކަލުގެ ހާލަތަށް: ހެލްތް މިނިސްޓްރީން މޮނިޓާ ކުރަން ފަށައިފި

ޢާއިޝަތު ނުޒުހާ

ޢާއިޝަތު ނުޒުހާ

17 މޭ 2026 - 05:49
އެބޯލާ ފެތުރޭތީ ސިއްހީ ނުރައްކަލުގެ ހާލަތަށް: ހެލްތް މިނިސްޓްރީން މޮނިޓާ ކުރަން ފަށައިފި

SHARE

އިބޯލާ ރޯގާގައި ގިނަ ބަޔަކު މަރުވެ ބައިނަލްއަގްވާމީ ސިއްހީ ނުރައްކަލުގެ ހާލަތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާނުކުރުމާ ގުޅިގެން ރާއްޖޭގެ ހާލަތު މޮނިޓާ ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރިޕޯޓުތައް ބުނާ ގޮތުގައި ލޭ ނާރުތައް ހަލާކުވެ ލޭއަންނަ މި ނުރައްކާތެރި ހުން ޖެހިގެން މިހާތަނަށް 88 މީހުން މަރުވެފައިވާއިރު، ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 336 ކޭސް ވަނީ ފާހަގަކުރެވިފައެވެ. މި ހުމުގެ މި ވައްތަރަށް މިހާތަނަށް ވެކްސިނެއް އުފެއްދިފައިނުވާއިރު, ޑަބްލިޔުއެޗްއޯއިން ވަނީ ބައިނަލްއަގުވާމީ ސިއްހީ ގަވާއިދުތަކުގެ ދަށުން ނެރޭ ދެވަނައަށް އެންމެ މަތީ އެލާޓު, ޕަބްލިކް ހެލްތް އިމަޖެންސީ އިއުލާނު ކޮށްފައެވެ.

މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީން ބުނީ މި އެލާޓާ ގުޅިގެން ރާއްޖޭގެ ހާލަތު މިހާރު މޮނިޓާ ކޮށް ބަލަމުން އަންނަ ކަމަށެވެ.

މި ބަލި ގިނައިން ފެތުރެމުން އަންނަނީ އެފްރިކާގެ ސަރަހައްދުތަކުގައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d