
ގދ. ވާދޫ --
SHARE
ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެެއްގައި ބުނީ ވާދޫ ކައިރީ އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު މިއަދު މެންދުރު 12:57 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެ މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް ވެސް އެ ތަނާ ހަވާލާދީ ފުލުހުން ބުނެއެވެ.
ފުލުހުން ބުނި ގޮތުގައި މަރުވީ ސްޕެއިންއަށް ނިސްބަތްވާ 53 އަހަރުގެ މީހެކެވެ.
މި މައްސަލަަ ފުލުހުން އިތުރަށް ތަހުގީގުކުރާ ކަމަށް ވެސް ފުލުހުން ބުނެއެވެ.



