logo

ސިއްރުން އެތެރެކުރަން އުޅުނު 2.3 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިފި

ސިއްރުން އެތެރެކުރަން އުޅުނު  2.3 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިފި

ކުރިން އަތުލައިގެން ސިނގިރޭޓުތަކެއް ނައްތައިލަނީ --

SHARE

ކަނޑުމަގުން ސިއްރުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު ކަސްޓަމްސްއިން މިއަދު އަތުލައިގެންފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ކަސްޓަމްސްއިން މިއަދު "އެކްސް"ގައި ބުނީ އަތުލައިގެން ސިނގިރޭޓުގެ އަދަދު 2.3 މިލިއަން ސިނގިރޭޓަށްވުރެ ގިނަ ކަމަށެވެ. ޖުމުލަ ދެ މިލިއަން ތިން ލައްކަ ހަތަރު ހާސް ދުވިސައްތަ ސިނގިރޭޓު ކަސްޓަމްސް އިން ވަނީ އަތުލައިގެންފައެވެ. އެއީ ކަސްޓަމްސް އިން ބުނާ ގޮތުގައި 11,521 ކާޓަންގެ ސިނގިރޭޓެވެ. އެއީ 115,210 ސިނގިރޭޓު ފޮއްޓެވެ.

މި ތަކެތި އަތުލައިގަތީ، ރާއްޖެއަށް ކަނޑުމަގުން ގެނައި ޝިޕްމެންޓެއްގައި ފޮރުވައިގެން ސިނގިރޭޓު އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މީގެ އިތުރުން, އެ ތަކެތި އަތުލީ މި ހިނގާ މަހުގެ 14 އަދި 15 ވަނަ ދުވަހު ކަސްޓަމްސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައިކަމަށް ވެސް އެ އިދާރާއިން ބުނެއެވެ. އެ ތަކެތި އަތުލައިގަތީ މާލޭ ކޮމާޝަލް ހާބަރުން ކަމަށް ވެސް ބުނެއެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތީގެ ޑިއުޓީގެ ގޮތުގައި 18.7 ރުފިޔާ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ޖޫރިމަނާގެ ގޮތުގައި 2 މިލިއަނަށްވުރެ ގިނަ ރުފިޔާ އަރާނެކަމަށެވެ.

ކަސްޓަމްސްއިން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d