logo

ވައިގެމަގުން ރާއްޖެ އެތެރެކުރި 1.8 މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގަނެފި

ވައިގެމަގުން ރާއްޖެ އެތެރެކުރި 1.8 މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގަނެފި

SHARE

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ކަސްޓަމުން މިއަދު ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 941 ގްރާމް ހުރި ކަމަށް ކަސްޓަމުން މައުލޫމާތު ދެއެވެ. ފުރަތަމަ މަރުހަލާގައި މި ތަކެތި ތަހުލީލު ކުރި އިރު، އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން އަށް ޕޮޒިޓިވް ވެފައެވެ.

ކަސްޓަމުން ބުނި ގޮތުގައި އަތުލައިގަނެވުނު މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.8 މިލިއަން ދިވެހި ރުފިޔާއަށް އަރާނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d