logo

އަޑިއަށް ދިޔައީ ނެޝަނަލް ސާވިސްގެ ދަރިވަރުން މާލެ ގެނައި ލޯންޗެއް

މިރާޝް މޫސާ

18 މޭ 2026 - 14:38
އަޑިއަށް ދިޔައީ ނެޝަނަލް ސާވިސްގެ ދަރިވަރުން މާލެ ގެނައި ލޯންޗެއް

ހުޅުމާލެ ކައިރިން މިއަދު އަޑިއަށް ދިޔަ ލޯންޗުން މީހުން ކަނޑަށް ބާލަނީ

SHARE

ޅ. މާފިލާފުށިން މާލެއަށް ދަތުރުކުރަނިކޮށް މިއަދު އަޑިއަށް ގޮސްފައިވަނީ ނެޝަނަލް ސާވިސް ނިންމި ދަރިވަރުން އުފުލި ލޯންޗެއް ކަަމަށް ސިފައިންގެ އިން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެ ހާދިސާގައި ކަނޑުވި އެންމެން ރައްކާތެރިކަމާއެކު މިހާރު މާލެ ގެނެސްފައިވާ ކަމަށް ސިފައިންގެއިން ބުނެއެވެ.

އެ ލޯންޗު މާލެ އަތޮޅު، ޝެރެޓަން ފުލްމޫން ރިސޯޓް ކައިރިން އަޑިއަށް ދާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 18:04 ގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ ލޯންޗު އަޑިއަށް ދިޔައީ ފަޅައިގެން ގޮސްގެން ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެ ލޯންޗުން ދަތުރުކުރީ ނެޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިންގެ ދެވަނަ ކޯހުގެ ބައިވެރިން ކަމަށެވެ.

އެ ލޯންޗު އަޑިއަށް ދާން ފެށުމުން ލޯންޗުގައި ތިބި ފަސިންޖަރުން ކަނޑަށް ބަލާފައިވާ ކަމަށާއި، އެ ކުދިން މާލެ ގެނައުމުގެ މަސައްކަތް ކޯސްޓުގާޑުން ކުރަމުންދާ ކަމަށް ސިފައިންގެއިން ބުންޏެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d