logo

ބްރެޒިލްއަށް 6ވަނަ ތަށި ހޯދައިދިނުމަށް، ނޭމާ ވޯލްޑްކަޕަށް!

ބްރެޒިލްއަށް 6ވަނަ ތަށި ހޯދައިދިނުމަށް، ނޭމާ ވޯލްޑްކަޕަށް!

SHARE

މި އަހަރުގެ ޖޫން މަހު ބާއްވާ ފީފާ ވޯލްޑްކަޕުގައި ވާދަކުރާ ބްރެޒިލްގެ 26 ކުޅުންތެރިންގެ ސްކޮޑުގައި ބްރެޒިލްގެ ތަރި، ނޭމާ ޖޫނިއާ ހިމަނައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ނޭމާ ސްކޮޑުގައި ހިމެނިކަން އިއުލާނުކުރީ އިއްޔެ ރިއޯ ޑި ޖެނީރޯގެ މިއުޒިއަމް އޮފް ޓުމޯރޯގައި ބޭއްވި ރަސްމިއްޔާތެއްގައި ބްރެޒިލްގެ ހެޑް ކޯޗު ކާލޯ އަންޗެލޮޓީ އެވެ. މިއީ 2023 ވަނަ އަހަރު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ދެ އަހަރާއި ބައިގެ މުއްދަތަކަށް ގައުމީ ޓީމާ ދުރުގައި ހުރުމަށްފަހު، އުމުރުން 34 އަހަރުގެ ނޭމާ ގައުމީ ޓީމަށް އެނބުރި އަންނާނެ ފަހަރެވެ.

ނޭމާ ސްކޮޑުގައި ހިމެނުމަށް ނިންމީ އޭނާގެ ފިޒިކަލް ރިކަވަރީއާއި، އޭނާގެ ކްލަބް ސަންޓޯސްގައި ދައްކާ ކުޅުމަށް ކޯޗިން ސްޓާފުން ވަރަށް ގާތުން ބެލުމަށްފަހުގައި ކަމަށް އަންޗެލޮޓީ ބުންޏެވެ.

އެންޗެލޮޓީ ބުނި ގޮތުގައި ނޭމާގެ ހުނަރާ މެދު ދުވަހަކުވެސް ސުވާލެއް ނުއުފައްދާ ކަމަށާއި، ނަމަވެސް އޭނާ މިހާރުދައްކާ އެއްވަރެއްގެ ކުޅުމާއި ރަނގަޅުވަމުން އަންނަ ފިޒިކަލް ހާލަތުގެ ސަބަބުން އޭނާއަކީ އަދިވެސް ޓީމަށް މުހިންމު ކުޅުންތެރިއެއްކަން ގަބޫލުކުރެވޭ ކަމަށެވެ.

ބްރެޒިލްގެ މިފަހަރުގެ ސްކޮޑުގައި ތަޖުރިބާކާރު ކުޅުންތެރިންނާއި އަރަމުން އަންނަ ޒުވާން ތަރިންގެ މެދުގައި ރަނގަޅު ބެލެންސެއް ހިފަހައްޓާފައިވެއެވެ. އޭގެ ތެރޭގައި ވިނީޝިއަސް ޖޫނިއާ، ރަފީނިއާ އަދި ޒުވާން ފޯވާޑް އެންޑްރިކް ހިމެނެއެވެ.

މިއީ ނޭމާ ވޯލްޑް ކަޕެއްގައި ފެންނާނެ ހަތަރުވަނަ ފަހަރެވެ. އޭނާ އާއެކު ބްރެޒިލްގެ ޓީމުން މި ފަހަރު ނުކުންނާނީ އެ ގައުމުގެ ހަވަނަ ވޯލްޑް ކަޕް ތަށި ހޯދުމުގެ އުންމީދުގައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d