logo

ވޯލްޑް ކަޕު ވަރަށް ކައިރިވެއްޖެ: މެސީއަށް އަނިޔާވީތަ؟

ވޯލްޑް ކަޕު ވަރަށް ކައިރިވެއްޖެ: މެސީއަށް އަނިޔާވީތަ؟

SHARE

ވޯލްޑް ކަޕް ފެށެން މަދު ހަފުތާތަކަކަށް ވެފައި ވަނިކޮށް، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަށް ސީރިއަސް އަނިޔާއެއް ވެއްޖެ ކަމުގެ ބިރު ބޮޑުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ކަންބޮޑުވުންތައް އުފެދުނީ އިންޓަ މިއާމީ އާއި ފިލަޑެލްފިއާ ޔޫނިއަން ރޭ ބައްދަލުކުރި މެޗުގައި މެސީ ދަނޑުން ބޭލުމާ ގުޅިގެންނެވެ.

ރޭގެ މި މެޗުގެ 73 ވަނަ މިނެޓުގައި މެސީ ވަނީ އޭނާގެ ފައިގެ މަސްގަނޑަށް އުނދަގޫތަކެއް ވާތީ ބަދަލުކޮށްދިނުމަށް އެދިފައެވެ. ބޯކޮށް ވާރޭވެހި، ދަނޑު ކަހާ ގޮތަށް އޮތް މި މެޗުގައި މެސީ އަމިއްލައަށް ހިނގާފައި ދަނޑުން ފޭބި މަންޒަރު ފެނުމުން، އޭނާގެ ފައިގެ މަސްގަނޑަށް ސީރިއަސް ގެއްލުމެއް ލިބުނީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ.

އެހެން ނަމަވެސް، މެޗަށްފަހު އިންޓަ މިއާމީގެ ކޯޗު ވަނީ މެސީއަށް ސީރިއަސް އަނިޔާއެއް ނުވާކަން ކަށަވަރުކޮށްދީފައެވެ.

އެގޮތުން ކޯޗު ބުނި ގޮތުގައި މެސީ ބަދަލުކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށާއި، އެއީ ހަމައެކަނި މަސްގަނޑަށް ލިބުނު ވަރުބަލިކަމެއް ކަމަށެވެ.

މެސީ ދަނޑުން ފޭބީ އެއްވެސް މެޑިކަލް އެހީތެރިކަމަކާ ނުލައި ކަމަށްވާއިރު، އޭނާ ހިނގާފައި ދިޔައިރު މާ ބޮޑަށް ކޮރުޖަހާފައި ނުވާކަން ރިޕޯޓުތަކުން ފާހަގަކޮށްފައިވެއެވެ.

މިއީ އާޖެންޓީނާގެ ގައުމީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ވޯލްޑް ކަޕްގެ ތަށި ދިފާއުކުރުމުގެ އަޒުމުގައި ނުކުންނަ އާޖެންޓީނާގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 16 ވަނަ ދުވަހު އަލްޖީރިއާއާ ދެކޮޅަށެވެ.

މެސީއަށް ލިބުނު ވަރުބަލިކަމުން އަވަހަށް އަރައިގަނެވޭނެތީ، އޭނާ ވޯލްޑް ކަޕަށް ފިޓުވާނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ލިބިފައެވެ.

އާޖެންޓީނާގެ ޓީމުގައި މެސީއަކީ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. އޭނާއަކީ ޓީމުގެ އެންމެ ގިނަ ލަނޑު ޖަހައިދޭ ކުޅުންތެރިޔާގެ އިތުރުން، މުޅި ޓީމުގެ ރޫހާ ގުޅިފައިވާ ލީޑަރެވެ.

މެސީ ދަނޑުމަތީގައި ހުރުމަކީ މުޅި ޓީމަށް ލިބޭ އިތުބާރަކަށް ވާއިރު، އޭނާއާ އެކު އާޖެންޓީނާއަކީ މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ޓީމެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d