logo

މަނާ ބޭހުން ހީވެސް ނުކުރާފަދަ ސިއްޚީ ނުރައްކަލެއް ކުރިމަތިވެދާނެ: އެމްއެފްޑީއޭ

މަނާ ބޭހުން ހީވެސް ނުކުރާފަދަ ސިއްޚީ ނުރައްކަލެއް ކުރިމަތިވެދާނެ: އެމްއެފްޑީއޭ

އެމްއެފްޑީއޭގެ ލިސްޓުގައި ހުރި ބައެއް މަނާ ބޭސްތައް --

SHARE

ރާއްޖެއަށް އެތެރެކުރުން މަނާ ބޭސްތައް އެތެރެކޮށް ބޭނުންކުރާނަމަ، އޭގެ ސަބަބުން ހީވެސް ނުކުރާފަދަ ބޮޑެތި ސިއްޚީ ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ދީފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރާއްޖޭގައި ބޭނުންކުރާ ބައެއް ބާވަތްތައް ހިމެނޭހެން 21 ބޭހެއްގެ ލިސްޓާ އެއްކޮށް އެމްއެފްޑީއޭ މިއަދު އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޭސް އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން ތަފާތު އެކި ގޮތްގޮތަށް ބޭސް އެތެރެކޮށް، އޮންލައިން ޕްލެޓްފޯމްތަކާއި އާދައިގެ ފިހާރަތަކުގައި ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިގޮތަށް ވިއްކާ ބޭސްތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި މަގުބޫލު "މޫވް އޮއިންޓްމަންޓް"، "މޫވް ސްޕްރޭ" އަދި ތައިލެންޑްގެ އުފެއްދުމެއް ކަމަށްވާ "ހޮންތްގްހައި އިންހޭލާ" އާއި އޭގެ ބާމު ހިމެނެއެވެ.

އެމްއެފްޑީއޭއިން ބުނި ގޮތުގައި ސިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނާއި ބޭހާބެހޭ ޤަވާއިދުގެ ދަށުން، ރާއްޖެއަށް ބޭސް އިމްޕޯޓް ކުރެވޭނީ އެމްއެފްޑީއޭގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި އެތެރެކުރާ ބޭސްތަކަކީ އެ އޮތޯރިޓީގެ "އެޕްރޫވްޑް ޑްރަގް ލިސްޓް" ގައި ހިމެނޭ، ރަޖިސްޓްރީކޮށްފައިވާ ބޭސްތަކަކަށް ވާންޖެހޭނެ ކަމަށްވެސް އެމްއެފްޑީއޭ އިން ބުނެފައިވެއެވެ.

"މިފަދަ ތަކެއްޗަކީ، އޭގައި ހިމެނޭ މާއްދާތައް ކަށަވަރު ކުރެވިފައިވާ ބާވަތްތަކެއް ނޫނެވެ. އަދި ރަޖިސްޓްރީ ނުކުރާ މިފަދަ ބާވަތްތަކަކީ، އެއްވެސްގޮތަކަށް އޭގެ ފެންވަރާއި ރައްކާތެރިކަންވެސް ކަށަވަރު ކުރެވިފައިވާ ތަކެއްޗެއްނޫނެވެ. އެހެންކަމުން، މިފަދަ ތަކެތި ރާއްޖެއަށް އިމްޕޯޓްކޮށް، ވިއްކާ އަދި ބޭނުން ކުރުމަކީ މަނާކަމެކެވެ. މިފަދަ ގޮތް ނޭނގޭ ބޭހާއި ބޭހުގެ ބާވަތްތައް އިމްޕޯރޓްކޮށް ވިއްކުމުން، އެބޭނުންކުރާ ފަރާތްތަކަށް، ހީވެސް ނުކުރާފަދަ ބޮޑެތި، ސިއްޙީ ނުރައްކަލަކާ ކުރިމަތިލާން ޖެހުމަކީ ވަރަށް ގާތުގައި އޮތްކަމެކެވެ." އެމްއެފްޑީއޭގެ ބަޔާނުގައި ވެއެވެ.

އެމްއެފްޑީއޭއިން ވަނީ އެއޮތޯރިޓީގެ ހުއްދަނެތި ބޭސް އެތެރެކޮށް ވިއްކާ އަދި އިޝްތިހާރުކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ އިންޒާރު ދީފައެވެ. މީގެ ތެރޭގައި އޮންލައިން ޕްލެޓްފޯމްތަކާއި އާދައިގެ ފިހާރަތައްވެސް ހިމެނޭނެއެވެ. މިކަމަކީ އާންމު ސިއްޙަތަށް އޮތް ބޮޑު ނުރައްކަލަކަށްވާތީ، ބޭސް ގަތުމާއި ބޭނުންކުރުމުގައި ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d