logo

ިއިންޑިއާގައި އެންމެ ގިނަ ދުވަހު ވެރިކަންކުރި ބޮޑުުވަޒީރަކަށް މޯދީ ވުމުން ރައީސްގެ މަރުހަބާ

މިރާޝް މޫސާ

10 ޖޫން 2026 - 06:03
ިއިންޑިއާގައި އެންމެ ގިނަ ދުވަހު ވެރިކަންކުރި ބޮޑުުވަޒީރަކަށް މޯދީ ވުމުން ރައީސްގެ މަރުހަބާ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރާއްޖެއިން ރަސްމީކޮށް މަރުހަބާ ކިޔުން

SHARE

އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހްރޫގެ ތާރީޚީ ރެކޯޑު މުގުރާލައްވައި، މެދުކެނޑުމެއްނެތި އެންމެ ދިގު މުއްދަތަކަށް އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވި ލީޑަރުގެ މަޤާމު ނަރެންދުރަ މޯދީ މިއަދު ހާސިލުކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކްސް މެދުވެރިކޮށް ބޮޑުވަޒީރު މޯދީއަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. ރައީސްގެ މެސެޖުގައި، އިންޑިއާއާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރަން ރާއްޖެއިން ބޭނުންވާކަން ހާމަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ އެއްބާރުލުން އިތުރަށް ވަރުގަދަކުރަން ރާއްޖެއިން އުއްމީދުކުރަނީ، ދެފަރާތުގެ ސިޔާދަތީ ހަމަހަމަކަމަށާއި، އިހުތިރާމްގެ މައްޗަށް ބިނާވެ، ރާއްޖޭގެ މަސްލަހަތުތަކަށް ފުރިހަމައަށް ބޯލަނބާ ގޮތެއްގެ މަތިންކަމަށްވެސް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

މޯދީ ވަނީ ވިދިވިދިގެން 4,399 ދުވަހު ބޮޑުވަޒީރުކަމުގެ މަޤާމު ފުރުއްވާފައެވެ. މީގެކުރިން މި ރެކޯޑު އޮތީ 1952 އިން 1964 އަށް، ޖުމްލަ 4,398 ދުވަހު އެ މަޤާމު ފުރުއްވި ޖަވާހަރްލާލް ނެހްރޫގެ އަތްޕުޅުގައެވެ. މީގެ 12 އަހަރު ކުރިން، 26 މެއި 2014 ގައި ފުރަތަމަ ފަހަރަށް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް މޯދީ ވަނީ 2019 ވަނަ އަހަރު ދެވަނަ ދައުރެއް، އަދި 9 ޖޫން 2024 ގައި ތިންވަނަ ދައުރެއް ފައްޓަވާފައެވެ.

މޯދީގެ ވެރިކަމުގައި އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން އިންޑިއާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާއިރު، މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށްޓަކައި ވެރިކަންކުރާ އެންޑީއޭ ކޯލިޝަނުގެ ޚާއްޞަ ބައްދަލުވުމެއް ނިއުދިއްލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d