logo

ރާއްޖޭގެ ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ: ރައީސް

ސައިފުﷲ އަލީ

24 ޖުލައި 2026 - 16:14
ރާއްޖޭގެ ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ: ރައީސް

SHARE

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމައިލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވަނީ މުޅި ރާއްޖޭގެ ކުޅިވަރު އިންފްރާސްޓްރަކްޗަރަށް އިންޤިލާބީ ބަދަލުތަކެއް ގެންނަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި މިހާރު ފެށިފައިވާ ކުޅިވަރު މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، ބައެއް ރަށްރަށުގައި މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މާލެއާއި އަތޮޅުތެރޭގެ ފަރަގު ކުޑަކުރެއްވުމުގެ ސިޔާސަތުގެ ދަށުން، އަތޮޅުތެރޭގައި ޔޫތު ހަބްތައް ޤާއިމުކުރުމަށް ބޭނުންވާ ފައިސާ މިހާރު ދޫކުރައްވާފައިވާ ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މި ދައުރުގެ ތެރޭގައި ކޮންމެ ރަށެއްގައިމެ ޒަމާނީ ފިޓްނަސް ސެންޓަރެއް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

މާލެ ސަރަޙައްދުގައިވެސް ތަފާތު ގިނަ ކުޅިވަރު ވަސީލަތްތަކެއް ތަރައްޤީކުރެއްވުމުގެ ބޮޑެތި ޕްލޭންތަކެއް ސަރުކާރުން ވަނީ އެކަށައަޅާފައެވެ. އެ ގޮތުން ސަލްޓަން ޕާކާއި ހުޅުމާލޭގައި އިންޑޯ ގޭމިން ސެންޓަރުތަކެއް ބިނާކުރުމާއި، ގާތްގަނޑަކަށް 1,200 މީހުންނަށް ވަދެވޭނެ ޖާގައިގެ ރޭސިން އަދި ޑްރިފްޓިން ޓްރެކަކާއި ޒަމާނީ ގޯކާޓް އެރީނާއެއް ހުޅުމާލޭގައި ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަރުކަޒުތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ ކުރީކޮޅަށް އެއްކޮށް ނިންމައިލެވޭނެއެވެ.

މީގެ އިތުރުން މާލޭގެ ރާޅުގަނޑު ސަރަޙައްދުގައި ޒަމާނީ ފެންވަރުގެ ސާފިން ސްޓޭޑިއަމެއް ޤާއިމުކުރުމާއި، ހުޅުމާލޭގައި އިންޑޯ ބޯލިން އެރީނާއެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. އަދި ފުޓްސަލް އާއި ނެޓްބޯޅަ ސްޓޭޑިއަމްތައްވެސް ބިނާކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ މި ހުރިހާ މަޝްރޫޢުތަކަކީ ހަށިހެޔޮ ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށް ދެއްވާ ޚާއްޞަ އިސްކަމުގެ ނަތީޖާ ކަމަށާއި، މި މަޝްރޫޢުތަކާއެކު ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރު ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް އާދަޔާޚިލާފު ކުރިއެރުމެއް އަންނާނެ ކަމަށް އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d