logo

މާލޭ ސަރަހައްދުގައި ދެ ޕާކިން ބިލްޑިން އިމާރާތްކުރަން މި އަހަރު ފަށާނެ: ރައީސް

ފާތިމަތު މިޝްކާ

17 ޖުލައި 2026 - 15:48
މާލޭ ސަރަހައްދުގައި  ދެ ޕާކިން ބިލްޑިން އިމާރާތްކުރަން މި އަހަރު ފަށާނެ: ރައީސް

SHARE

މާލޭގައި ދިމާވެފައިވާ ޓްރެފިކް އަދި ޕާކިން މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުގެ ހަރަދުގައި މިއަހަރުގެ ތެރޭގައި ދެ ޕާކިން ބިލްޑިން ހެދުމުގެ މަސައްކަތް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް އޮފީހުން ގެނެސްދޭ ދަ ޕަލްސް ޕޮޑްކާސްޓުގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގެ ތޮއްޖެހުމާއި އުޅަނދުފަހަރުގެ މައްސަލައަކީ ވަގުތީ ހައްލަކުން ނިމޭނެ ކަމެއް ނޫންކަމަށެވެ. ޕާކިން ބިލްޑިންތައް ހެދުމަށް އެންމެ ފުރަތަމަ ނިންމީ ބޭރުގެ އެހީގައި ކަމަށްވިޔަސް، އެކަން ލަސްވުމުގެ ސަބަބުން ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ދެ އިމާރާތެއްގެ މަސައްކަތް މިއަހަރު ފެށުމަށް ނިންމީކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުން މިހާރުވެސް އިތުރު ދެތިން ޕާކިން ބިލްޑިންއެއްގެ މަސައްކަތް ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މި އިމާރާތްތައް ނިމުމުން އުޅަނދުތައް ޕާކުކުރުމަށް އާންމުންނަށް ދިމާވެފައިވާ ބޮޑު ދަތިކަމަށް ލުޔެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ނިންމައި، އަންނަ ހަފުތާގައި އާންމުންނަށް ހުޅުވާލާއިރު، އެ މަޝްރޫއުގެ ތެރެއިންވެސް ޕާކިންއަށް ހާއްސަ ޖާގަތަކެއް ހަދާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ނިމި، އާ ޕާކިން އިމާރާތްތައް ބޭނުންކުރަން ފެށުމާއެކު މާލޭގެ އެތެރޭގެ މަގުތަކުގައި ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މި ބަދަލުތަކުގެ ސަބަބުން މާލޭގެ މަގުތަކަކީ އާންމުންނަށް އަމާން އަދި ފަސޭހަ ތަނަކަށް ވެގެންދާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d