logo

ޓެސްޓު ޕޭޕަރުތައް ލީކުކުރި ބަޔަކު ހޯދުމަށް "އަވަސް ކޯޓުތަކެއް" އުފެއްދުމަށް ވަނީ ނިންމާފައި: މޯދީ

މިންހާ އަބްދުالله

23 ޖުލައި 2026 - 10:35
ޓެސްޓު ޕޭޕަރުތައް ލީކުކުރި ބަޔަކު ހޯދުމަށް "އަވަސް ކޯޓުތަކެއް" އުފެއްދުމަށް ވަނީ ނިންމާފައި: މޯދީ

ޕޭޕަރުތައް ލީކުވުމާ ގުޅިގެން ކުރިއަށްދާ އިހުތިޖާޖުގެ ތެރެއިން

SHARE

ޓެސްޓު ޕޭޕަރުތައް ލީކުކުރި ބަޔަކު ހޯދުމަށް "އަވަސް ކޯޓުތަކެއް" އުފެއްދުމަށް ނިންމާފައިވާކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިމްތިހާނު ކަރުދާސްތައް ލީކުވުމާއި ގުޅިގެން ޒުވާން ނުވަތަ ޖެން-ޒީ ދަރިވަރުން އިސްވެ ކުރިއަށްގެންދާ އިހުތިޖާޖުތަކާއި ހަމަނުޖެހުންތަކުގައި އެ ގައުމުގެ އެޑިޔުކޭޝަން މިނިސްޓަރުގެ އިސްތިއުފާއަށް އަންނަނީ ގޮވާލަމުންނެވެ. 5،000އަށްވުރެ ގިނަ މީހުން މި އިހުތިޖާޖުތަކުގައި އަންނަނީ ބައިވެރިވަމުންނެވެ. މި އިހުތިޖާޖުތަކާއި އިދިކޮޅު ޕާޓީއިން ގުޅި މިކަން ބޮޑު ހަމަނުޖެހުމަކަށް މިހާރު ވަނީ ވެފަ އެވެ. އަދި 400އަށްވުރެ ގިނަ މީހުން މިހާރުވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

މިކަމަށް އިޝާރާތްކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ ޒުވާނުންގެ ލާބައާއި މުސްތަގުބަލަށްވުރެ މުހިންމު އެހެން އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

އެހެންކަމުން، އިމްތިހާނު ކަރުދާސްތައް ލީކުކުރުމުގައި ބައިވެރިވި މީހުންނަށް އަވަސް އަދި ހަރުކަށި އަދަބު ދިނުމަށްޓަކައި، 'ފާސްޓް-ޓްރެކް' ކޯޓުތަކެއް އުފެއްދުމަށް ސަރުކާރުން ނިންމާފައިވާކަން މޯދީ ވަނީ ހާމަކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ އިދާރާތަކަށާއި އޮފިޝަލުންނަށް އިރުޝާދު ދެއްވާފައިވާ ކަމަށާއި، މިއީ ދަރިވަރުންގެ މަސްލަހަތު ހިމާޔަތްކުރުމަށް ސަރުކާރުން އަޅަމުންދާ ސިލްސިލާ ފިޔަވަޅުތަކުގެ ތެރެއިން ކުރާ ކަމެއްކަން މޯދީ ފާހަގަކުރެއްވިއެވެ.

ޒުވާނުންގެ މުސްތަގުބަލަށް ގެއްލުންދޭން މަސައްކަތްކުރާ އެއްވެސް މީހަކަށް ދޫނުދެއްވާނެ މޯދީ ވިދާޅުވި އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d