logo
World Cup 2026

ފަސްޓް ލަވްގެ ހަނދާން ނައްތައިލާ މޫވް އޮންކުރުން އުނދަގޫވަނީ ކީއްވެ؟

މިރާޝް މޫސާ

14 ޖޫން 2026 - 02:56
ފަސްޓް ލަވްގެ ހަނދާން ނައްތައިލާ މޫވް އޮންކުރުން އުނދަގޫވަނީ ކީއްވެ؟

އޭއައި ޖެނެރޭޓެޑް އިމޭޖެއް --

SHARE

އަހަރުތައް ފާއިތުވެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މީހުން އެ މީހުންގެ ހަޔާތުގައި އާ ގުޅުންތައް ފަށައެވެ. ކައިވެނި ކުރެއެވެ. އެ މީހުންގެ ދިރިއުޅުން އާރާސްތުކުރާން ފަށައެވެ. އެކަމަކު, އެ ހުރިހާ ކަމަކާއެކު ވެސް އެ މީހެއްގެ ފުރަތަމަ ލޯބިވެރިޔާ މަތިން އަބަދުވެސް ހަނދާންވެއެވެ.

މިއަދުގެ ސުވާާލު ސާފެވެ. އެއީ ކީއްވެގެން ހެއްޔެވެ.

ޖަވާބުގެ އެއްބައި އޮތީ ސައިކޮލޮޖީގެ ތެރޭގައެވެ. ދިރާސާވެރީން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި ހަޔާތުގެ ކޮންމެ ކަމެއްގައި ވެސް ފުރަތަމަ ކުރާ ތަޖުރިބާއަކީ އަހަރެމެންގެ ހަނދާނުގައި ވަރަށް ވަރުގަދަ ޖާގައެއް ހޯދާ އެއްޗެކެވެ. ނުވަތަ ހަނދާންތަކެކެވެ. އެ ފުރަތަމަ ތަޖުރިބާ އަހަރެމެންގެ ހަނދާނުގައި ވަރަށް ވަރުގަދަ "އިމްޕްރެޝަނެއް" އުފައްދާކަމަށް ދިރާސާތަކުން ދައްކައެވެ.

އެއީ މީހުން އެ މީހުން ސްކޫލަށް ދިޔަ ފުރަތަމަ ދުވަސް ހަނދާން ހުންނަ ބީދައިންނެވެ. އެެ މީހުން ފުރަތަމަ ވަޒީފާއަށް ދިޔަ ދުވަސް ހަނދާން ހުންނަ ބީދައިންނެވެ. ހަމަ އެ ގޮތަށް, ފުރަތަަމަ ލޯބި އަހަރެމެންގެ ވިސްނުމާ މާ ބޮޑަށް ވަނީ ގުޅިފައެވެ. ހަނދާންތަކާ މާ ބޮޑަށް ވަނީ ގުޅިފައެވެ. ސަބަބަކީ, އެ ލޯބި ގުޅިފައިވަނީ ހަޔާތުގައި އަލަށް ތަޖުރިބާކުރެވުނު ވަރަށް ވަރުގަދަ ޖަޒުބާތުތަކަކާއި އާ ތަޖުރިބާތަކަކާ ކަމަށް ވާތީއެވެ.

ގިނަ މީހުންނަށް ހަޔާތުގައި ފުރަތަމަ ލޯބިވެރިޔާއާ ބައްދަލުވަނީ ނުވަތަ ފުރަތަމަ ފަހަރަށް ލޯބި ވެވެނީ ހަޔާތުގެ ވަރަށް ކުރީކޮޅުގައެވެ. އޭރު ދިރިއުޅުމުގައި ޒިންމާތައް ވަރަށް މަދެވެ. ކަންބޮޑުވާން ޖެހޭ ކަންކަން ވެސް މަދެވެ. ދިރިއުޅުމުގައި ގިނަ ކަންކަން ވަރަށް އާ ވެސް މެއެވެ.

އަލަށް މީހަކު ދެކެ ލޯބިވެވިގެން އުޅޭއިރުގައި, އެ ލޯބިވެރިޔާ މެެސެޖުކުރުމުން އެ ލިބޭ އުފާވެރިކަމާއި, ބައްދަލުވުމުން ލިބޭ ހިތްހަމަޖެހުމާއި އަނެކާގެ ފަރާތުން އެ ލޯބި އަނބުރާ ލިބުމަކީ ހިތަށް އިހްސާސްކުރެވޭ އާ ކަންތައްތަކެކެވެ.

ސަބަބަކީ ފުރަތަމަ ފަހަރަށް ލޯބިވެވޭއިރު ނުވަތަ ފުރަތަމަ ލޯބިވެރިޔާއާ އަޅާކިޔާނެ އެހެން މީހަކު ހަޔާތުގައި އޭރު ނުވާނެތީއެވެ.

އަހަރުތަކެއް ފަހުން, ވަރަށް ގިނަ މީހުންނަށް އެ މީހުންގެ ފުރަތަމަ ލޯބިވެރިޔާގެ މަތިން އަލުން ހަނދާންވެއެވެ. އެ ހަނދާންތައް އާދެއެވެ. އެކަމަކު, ގިނަ ފަހަރަށް ހަގީގަތުގައި އެ ހަނދާންވަނީ އެ މީހެއްގެ މަތިންނެއް ނޫނެވެ. އެއީ އެ އިހްސާސްތަކުގެ މަތިން ހަނދާންވުމެވެ. ފުރަތަމަ އެ ކުރެވުނު ހާއްސަ ތަޖުރިބާގެ މަތިން ހަނދާންވުމެވެ. އެ ހަނދާންވަނީ އޭރު ހިތަށް ލިބުނު އުފާވެރިކަމާއި ފުރަތަމަ ލޯތްބާއެކު ހިތަށް ލިބުނު އުންމީދުތަކުގެ މަތީންނެވެ.

ސައިކޮލޮޖިސްޓުންގެ ދެވަނަ ނުކުތާއަކީ "ނޮސްޓަލްޖިއާ"ގެ ބާރުގަދަކަމުގެ ވާހަކައެވެ. ހަޔާތުގެ ދުވަސްތައް ފާއިތުވާވަރަކަށް, މާޒީގައި ދިމާވި މައްސަލަތަކާއި ހިތާމަތަކުގެ މަތިން ހަނދާންނެތި, އުފާވެރި ދުވަސްތަކުގެ މަތީން ހަނދާންވާން ފަށައެވެ. އެ ގުޅުމަކީ މާޒީގައި އެތައް މައްސަލަތަކެއް ހުރި ގުޅުމަކަށް ވީ ނަމަވެސް, އެ ގުޅުމަށް ހިތް އެދެން ފަަށައެވެ.

ހަގީގަތުގައި ފުރަތަމަ ލޯބި ހަނދާން ނައްތައިލާ, "މޫވް އޮން"ކުރަން އުނދަގޫވާ ސަބަބަކީ ހަގީގަތުގައި މިއެވެ.

އެހެން ނަމަވެސް, މާޒީ ހަނދާންވުމާއި މާޒީގެ ތެރޭގައި ހުއްޓިފައި ހުރުމުގެ ތަފާތެއް އެބައޮތެވެ. ހަގީގަތުގައި ފުރަތަމަ ލޯބީގެ މަތިން ހަނދާންވުމަކީ ވަރަށް އާދައިގެ ކަމެކެވެ. އެކަމަކު, މައްސަލަތައް ޖެހެން ފަށާ ހިސާބަކީ މިހާރު އެކުގައި އުޅޭ މީހަކާ ތިބާގެ ފުރަތަމަ ލޯބިވެރިޔާއާ އަޅާ ކިޔާން ފެށުމެވެ. މާޒީގެ އުފާވެރި ހަނދާންތައް ނުވަތަ ނޮސްޓަލްޖިއާގެ ސަބަބުން އެތައް އަހަރުތަކަކުން އޮފުކޮށް, ރީތިކޮށްފައިވ ހަނދާންތަކަކާ އެއްވެސް މީހަކަށް ވާދައެއް ނުކުރެވޭނެއެވެެ.

ބައެެއް ފަހަރަށް ހަޔާތުގައި ފުރަތަމަ ލޯބީގެ މަތިން ހަނދާން ނައްތައިލަން އުނދަގޫވާ އަނެއް ސަބަބަަކީ އެއީ ހަމައެކަނި މީހަކަށް ނުވާތިއެވެ. އެއީ ހަޔާތުގައި ހުރިހާ ކަމެއް ވެސް ވާނޭކަމަށް އުންމީދުކުރެވުނު ދުވަސްތަކަކަށް ވާތީއެވެ. މީހުން ގިނަ ފަހަރަށް ހަނދާންވަނީ ފުރަތަމަ ލޯބިވެވުނުއިރު އެ މީހަކު ހަޔާތުގައި ކުރި އުފާވެރި އިހްސާސެވެ. ފުރަތަމަ ލޯބިވެރިޔާއެއް ނޫނެވެ.

ދެން ސުވާލަކީ ފުރަތަަމަ ލޯބިވެރިޔާގެ މަތިން ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d