logo

ވ އަތޮޅުގައި ކުރިއަށް ގެންދިޔަ ޑައިވިންގައި ބައިވެރިވި ފުލުހުންނާއި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފި

ފާތިމަތު މިޝްކާ

18 ޖޫން 2026 - 06:07
ވ އަތޮޅުގައި ކުރިއަށް ގެންދިޔަ ޑައިވިންގައި ބައިވެރިވި ފުލުހުންނާއި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފި

އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވަނީ / ފޮޓޯ: ޕޮލިސް މީޑިޔާ

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވ. އަތޮޅުގައި ކުރިއަށްގެންދިޔަ ހާއްސަ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ވަޒަންކުރައްވައިފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި އޮޕަރޭޝަންގައި ބައިވެރިވި ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އަދި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް ހަސަން ރަޝީދެވެ.

މި ރަސްމިއްޔާތުގައި، ވ. އަތޮޅުގެ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިން ދެއްކެވި ސާބިތުކަމާއި، ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވައި އެކަމުގެ އަގުވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފުލުހުންނާއި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފައިވެ އެވެ.

މެއި މަހުގެ މެދު ތެރޭގައި އިޓަލީގެ ފަސް ޑައިވަރުން ފީނަން ގޮސް އުޅުމުގެ ތެރޭގައި އޭގެ ތެރެއިން ހަތަރު މީހަކު ކަނޑު އަޑީގެ ހޮހޮޅައެއްގެ ތެރޭގައި ތާށިވުމުގެ ސަބަބުން ނުރައްކާތެރި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ އޮޕަރޭޝަންގެ ތެރޭގައި ސިފައިންގެ ބޭކަލަކު ވެސް ނިޔާވެފައިވެ އެވެ. ނިޔާވެފައިވަނީ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ އެވެ.

ގެއްލުނު ހަތަރު މީހުން ހޮހޮޅަ ތެރެއިން ނަގާފައި ވަނީ ފިންލަންޑުގެ ތަޖުރިބާކާރު ޑައިވަރުންތަކެކެވެ. މި ތިން ޑައިވަރުންނަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާފައިވާ މިފަދަ ނުރައްކާތެރި އަދި އާދަޔާޚިލާފު ކަނޑުގެ މިޝަންތަކުގައި އަމަލީގޮތުން މަސައްކަތްކޮށްފައިވާ ޑައިވަރުންތަކެއް ކަމަށް އެމްއެންޑީއެފް އިން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d