ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ, ކައްޕިއަށް ފަރުވާދެނީ
އައިޝަތު ހިދާޔާ

SHARE
ހދ. ހަނިމާދޫ ބަނދަރުގައި އޮތރް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި, ލޯންޗުގެ ކައްޕިއަށް ލިބުނު އަނިޔާއަށް ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ, ހަނިމާދޫ ބަނދަރު ބޭރުތޮށީގައި އޮތް ލޯންޗެއްގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބުނީ ރޭ 00:15 ހާއިރު ކަމަށެވެ. މައުލޫމާތު ލިބުމާ އެކު، ހަނިމާދޫ ޕޯސްޓުގެ ސިފައިން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ވާކަމަށާއި، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ކޮންޓްރޯލް ކުރެވިފައިވަނީ ރޭ 00:45 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ, މި ހާދިސާ ހިނގަން މެދުވެރިވީ ދަތުރަށް ފުރުމަށްޓަކައި ލޯންޗުގެ އިންޖީނު ސްޓާޓްކުރި ވަގުތު އިންޖީނުގައި އަލިފާން ރޯވެގެން ކަމަށް މައުލޫމާތު ލިބޭކަމަށެވެ. މި ހާދިސާގައި ލޯންޗުގެ ކެޕްޓަން ފިހި، އެކި ވަރުގެ އަނިޔާތައް ލިބިފައިވުމާ އެކު، ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގެ ފޮޓޯ އެމްއެންޑީއެފުން ވަނީ ހިއްސާކޮށްފައެވެ.
މި ފޮޓޯތަކުން ފެންނަ ގޮތުގައި ލޯންޗު ވަނީ ބޭނުން ނުކުރެވޭވަރަށް އަނދައި ހުލިވެފައެވެ.


