logo

ކުޑަހުވަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 200އަށްވުރެ ގިނަ ބިޔަރު ދަޅު ނައްތައިލައިފި

އައިޝަތު ހިދާޔާ

19 ޖުލައި 2026 - 08:20
ކުޑަހުވަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 200އަށްވުރެ ގިނަ ބިޔަރު ދަޅު ނައްތައިލައިފި

SHARE

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި 200އަށްވުރެ ގިނަ ބިޔަރު ދަޅާއި ބަނގުރާ ނައްތާލައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުހުން ބުނީ މިތަކެތި ނައްތައިލައިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ނައްތައިލާފައިވަނީ 67 ފުޅި ބަނގުރަލާއި 259 ދަޅު ބިޔަރެވެ. މި ތަކެއްޗަކީ މިަހަރުގެ އޭޕްރީލް 4 އިން ޖޫން 14އަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތިކަން ފުލުހުން ހާމަކުރިއެވެ.

ބަނގުރާ ނައްތައިލާފައިވަނީ، ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން، އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެދަށުންކަން ފުލުހުން ފާހަގަކުރިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ބަނގުރަލާއި މަސްތުވާތަކެތި ދޭތެރެއަކުން ނައްތައިލައެވެ. މާލޭ ފުލުހުްނގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ނައްތައިލަނީ ތިލަފުށީގައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d