logo

ރޭ ތިލަފުށީގައި ރޯވި އަލިފާން އިތުރަށް ނުފެތުރޭވަރަށް ނިއްވާލެވުނީ މިއަދު ހެނދުނު

އައިޝަތު ހިދާޔާ

20 ޖުލައި 2026 - 05:48
ރޭ ތިލަފުށީގައި ރޯވި އަލިފާން އިތުރަށް ނުފެތުރޭވަރަށް ނިއްވާލެވުނީ މިއަދު ހެނދުނު

SHARE

ރޭ ތިލަފުށީގައި ރޯވި އަލިފާން އިތުރަށް ނުފެތުރޭ ވަރަށް ކޮންޓްރޯލްކުރެވުނީ މިއަދު ހެނދުނު ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެމްއެންޑީއެފުން ބުނީ, ތިލަފުށީ ކުނިގޮނޑުގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބުނީ ރޭ 22:20 ހާއިރު ކަމަށެވެ. މި ރިޕޯޓު ލިބުމާއެކު ލަފުށީ ފަޔާ ސްޓޭޝަނާއި، މާލެ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ އިދާރާއިން ބުނީ މި އަލިފާންޑުން އިތުރަށް ނުފެތުރޭ މިންވަރަށް ކޮންޓްރޯލް ކުރެވިފައި ވަނީ, މިއަދު ހެނދުނު 08:00 ހާއިރު ކަމަށެވެ. ނަމަވެސް, އަލިފާނުގެ އަސަރު ކުނިތަކުގައި ހުރުމުން ފަޔާފައިޓަރުން ދަނީ އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން. ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ރޯވެފައިވަނީ ކުނިގޮނޑެއްގައި ކަމުން އެއްކޮށް އަލިފާން ނިއްވާލުމަށް އިތުރު ވަގުތު ހޭދަވާނެކަމަށް ބެލެވޭކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަން އެމްއެންޑީއެފުން ފާހަގަކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ މައުލޫމާތުން އެނގޭގޮތުގައި އިއްޔެ ވަނީ ރާއްޖޭގެ އިތުރު ދެ ސަރަހައްދެއްގައި ވެސް އަލިފާނުގެ ހާދިސާތަކެއް ހިނގައިފައެވެ. އެގޮތުން އިއްޔެ މެންދުރު 14:47 ހާއިރު .ފޮނަދޫ ކުރިގަމު އަވަށުގައި ހައުސިން ޔުނިޓް އަޅާ ސަރަހައްދު ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. މި އަލިފާން 15:19 ހާއިރުނިއްވާލައިފައި ވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މީގެއިތުރުން, ރޭ 20:48 ހާއިރު އައްޑޫ ސިޓީ ހިތަދޫ، ކަޅިދިރިމާގޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ވެސް އެމްއެންޑީއެފުން ވަނީ ނިއްވައިލައިފައެވެ. މި ހާދިސާގައި ވެސް އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d