މިދިޔަ ހަފުތާގައި އަލިފާނުގެ 12 ހާދިސާ ހިނގި: އެމްއެންޑީއެފް
އައިޝަތު ހިދާޔާ

SHARE
މިދިޔަ ހަފުތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަލިފާނުގެ 12 ހާދިސާއެއް ހިނގާފައި ވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މިދިޔަ ހަފުތާގައި ކުއްލި ނުރައްކަލުގެ 23 ހާދިސާއެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގާފައި ވާކަމަށެވެ. އެ އިދާރާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން ހިނގާފައި ވަނީ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިދިޔަ ހަފުތާގައި ވަނީ 12 އަލިފާނުގެ ހާދިސާ ހިނގައިފައެވެ.
ދެވަނައަށް އެންމެ ގިނައިން ހިނގާފައި ވަނީ ރެސްކިއު ހާދިސާތަކެވެ. އެގޮތުން މީހުން ރެސްކިއު ކުރުމުގެ ފަސް ހާދިސާއެއް ހިނގާފައިވާއިރު, ހަތަރު މެޑިކަލް އެމަޖެންސީގައި އެމްއެންޑީއެފުން ވަނީ އެހީތެރިވެދީފައެވެ.
މިދިޔަ ހަފުތާގައި އެއް ހަޒްމަތް އިންސިޑެންޓް ނުވަތަ ކެމިކަލްގެ ސަބަބުން ހާދިސައެއް ހިނގާފައި ވާއިރު އިތުރު ހާދިސާގެ ގޮތުގައި އެއް ހާދިސާ ހިނގައިފައި ވާކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.
މި ތަފާސްހިސާބަކީ ކޮންމެ ހަފުތާއަކު އާންމުކުރާ ތަފާސްހިސާބެކެވެ. އެމްއެންޑީއެފުން މިދިޔަ ހަފުތާގެ ކުރީ ހަފުތާގައި އާންމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި, އެ ހަފުތާގައި ހިނގާފައި ވަނީ ކުއްލި ނުރައްކަލުގެ 13 ހާދިސާއެވެ. މީގެތެރޭގައި ވެސް އެންމެ ގިނައީ އަލިފާނުގެ ހާދިސާތަކެވެ. އެއީ ހަތް ހާދިސާއެވެ.


