logo
World Cup 2026

ވޭތުވެދިޔަ ދެ އަހަރު 324ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގަތް

އައިޝަތު ހިދާޔާ

30 ޖޫން 2026 - 05:27
ވޭތުވެދިޔަ ދެ އަހަރު 324ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގަތް

SHARE

ވޭތުވެދިޔަ ދެ އަހަރާ ބައިގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ކަސްޓަމުން ވަނީ 2021ވަނަ އަހަރުން ފެށިގެން މިއަހަރުގެ ޖޫންގެ ނިޔަލަށް ރިކޯޑުކޮށްފައިވާ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދެ އަހަރުތެރޭ 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ 147 މައްސަލައެއްގައެވެ.

ދެހާސްއެކާވީސްވަނަ އަހަރުން ފެށިގެން 2023ވަނަ އަހަރާ ހަމައަށް އަތުލައިގަނެވުނު މަސްތުވާތަކެއްޗަށްވުރެ ވޭތުވެދިޔަ ދެ އަހަރާ ބައިގެ ތެރޭގައި އަތުލައިގަނެވިފައިވާ މަސްތުވާތަކެތީގެ އަދަދު ގިނަ ކަމަށް މި ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ފަސް އަހަރުގެ އެ މުއްދަތުގައި ކަސްޓަމުން އަތުލައިގެންފައި ވަނީ 247 ކިލޯގެ މަސްތުވާތަކެއްޗެވެ. މިއީ 116 މައްސަލައެއްގައި އަތުލައިގެންފައިވާ މަސްތުވާތަކެއްޗެވެ.

ކަސްޓަމުން ބުނިގޮތުގައި ވޭތުވެދިޔަ ދެ އަހަރާ ބައިގައި މަސްތުވާތަކެތީގެ މައްސަލައިގެ އަދަދު ވަނީ 27 ޕަސަންޓު އިތުރުވެފައެވެ. އަދި އަތުލައިގަނެވުނު ތަކެތީގެ ބަރުދަން ވަނީ 31 ޕަސަންޓު އިތުރުވެފައެވެ.

ވޭތުވެދިޔަ ދެ އަހަރާ ބައިގެތެރޭގައި ކަސްޓަމުން 324 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވާއިރު, މި މައްސަލަތަކުގައި މީހުން ވެސް ހައްޔަރުކޮށްފައި ވެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d