logo
World Cup 2026

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓު ހެދުމަށް ހުށަނޭޅުމަށް އެދެފި

އައިޝަތު ހިދާޔާ

7 ޖުލައި 2026 - 09:17
އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓު ހެދުމަށް ހުށަނޭޅުމަށް އެދެފި

SHARE

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓު ހެދުމަށް ހުށަނޭޅުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިކަމާ ގުޅިގެން އިމިގްރޭޝަނުން މިއަދު ކުރި ޕޯސްޓެއްގައި ވަނީ މިފަދަ ފޮޓޯތަކަކީ ޕާސްޕޯޓު މިންގަނޑުތަކާ ޚިލާފު ފޮޓޯކަމަށެވެ. ޕާސްޕޯޓަކީ މީހާގެ އައިޑެންޓިޓީ ކަށަވަރުކޮށްދޭ މުހިންމު ސެކިއުރިޓީ ޑޮކިއުމަންޓަކަށް ވާތީ ޕާސްޕޯޓު ހައްދަން ފޮޓޯ ހުށަހެޅުމުގައި އިތުރަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޕާސްޕޯޓު ފޮޓޯ ނެގުމުގައި އަމަލުކުރަންޖެހޭ ހަރުކަށި ގަވާއިދުތަކެއް އިމިގްރޭޝަނުން ކަނޑައަޅާފައި ވެއެވެ. މި ގަވާއިދުތަކަށް ފޮޓޯ ނުފެތޭނަމަ އެ ފޮޓޯއެއް އިމިގްރޭޝަނުން ބަލައެއް ނުގަންނާނެއެވެ.

ޕާސްޕޯޓު ފޮޓޯ ނަގާއިރު ކަޅު ނުވަތަ ގަދަ ކުލައެއްގެ އަންނައުނެއް ލައިގެން ހުރުމަށް އިމިގްރޭޝަނުން އިލްތިމާސްކުރެއެވެ. އަދި ޕާސްޕޯޓު ހައްދަން ނަގާ ފޮޓޯ ފްރޭމް ކުރާއިރު މީހާ މެދުގައި ބެހެއްޓުމާއި ލައިޓިން ބަހައްޓަން ޖެހޭ ގޮތް ވެސް އިމިގްރޭޝަނުން ވަނީ ކަނޑައަޅައިފައެވެ.

މި ގަވާއިދުތައް އިމިގްރޭޝަންގެ ވެބްސައިޓުގައި ޝާއިއުކޮށްފައި ވެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d