logo

ހިމަބިހި ކޮންޓްރޯލް ނުކުރެވޭ މިންވަރަކަށް ނުފެތުރޭ: ޤީލާ

އައިޝަތު ހިދާޔާ

8 ޖުލައި 2026 - 06:46
ހިމަބިހި ކޮންޓްރޯލް ނުކުރެވޭ މިންވަރަކަށް ނުފެތުރޭ: ޤީލާ

މިނިސްޓަރު މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލީސް

SHARE

ހިމަބިހި ފެތުރޭ މިންވަރު ވޭތުވެދިޔަ ދެ މަސްތަރޭ އިތުރުވީ ނަމަވެސް, މި ބަލި ކޮންޓްރޯލް ނުވާ މިންވަރަށް ފެތުރިފައި ނުވާކަމަށް ހެލްތް މިނިސްޓަރު ޤީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ, ހިމަބިހީގެ ކޭސްތައް "ކޮންމެވެސް މިންވަރަކަށް" ފެންނަމުން ދާކަމަށެވެ. މި ބަލި އެންމެ ގިނައިން ފެންނަނީ މާލޭ ސަރަހައްދުންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ, މި ބައްޔަކީ ކުރު މުއްދަތެއްގައި ގައިންގަޔަށް ފެތުރުން ނަމަވެސް, ކުރު މުއްދަތެއްގައި ފަސޭހަވާ ބައްޔެއް ކަމަށެވެ.

"އެހެންވީމަ މި ބައްޔަކީ މިއަދު އަޅުގަނޑުމެންނަށް އާދަޔާ ޚިލާފަށް ފެތުރެމުންދާ ނުވަތަ ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން," އޭނާ ވިދާޅުވިއެވެ.

ކޮންމެ ބައްޔެއް ފެނުނު ނަމަވެސް, އެ ބައްޔާ ގުޅިގެން ފިޔަވަޅުތައް އަޅާކަމަށާއި ބަލި ކޮންޓްރޯލް ކުުރުމަށް މިނިސްޓްރީން މަސައްކަތް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވި ނަމަވެސް, ހިމަބިހީގެ ކޭސްތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން, މިދިޔަ ހަފުތާގައި 55 މީހަކަށް ބަލި ޖެހިފައި ވެއެވެ. މިއާއެކު ބަލި ޖެހިގެން ރިޕޯޓުކުރި މީހުންގެ ޖުމުލަ އަދަދު ވަނީ 121އަށް އަރާފައެވެ.

މި ބަލި ކޮންޓްރޯލް ކުރުމަށް މާލެއާއި އަތޮޅުތެރޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ވަނީ ފަށައިފައެވެ. އެގޮތުން މިހާތަނަށް 5495 މީހަކަށް ވެކްސިން ދެވިފައި ވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުންޏެވެ. ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައި ނުވާނަމަ ނުވަތަ ވެކްސިންގެ ދެ ޑޯޒު ހަމަކުރިކަން ޔަގީންނުވާނަމަ ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ގޮސް ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

މީގެއިތުރުން ބަލި ޖެހިފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވިކަން ޔަގީންވާނަމަ, ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތްކެއާ ސެންޓަރުން ކޮންޓެކްޓުންނަށް ވެކްސިން ޖަހަން ކަނޑައެޅިފައިވާ ވަގުތުގައި ވެކްސިން ޖެހުމަށް ވެސް އެ އެޖެންސީން އިލްތިމާސްކުރެއެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން, ރޯގާޖެހުން, ކެއްސުން, ލޯރަތްވުން އަދި ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d