logo

ފެނަކައިގެ ކުރީގެ އެމްޑީ މުއާޒް އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ކަމަށް

ފާތިމަތު މިޝްކާ

9 ޖުލައި 2026 - 13:07
ފެނަކައިގެ ކުރީގެ އެމްޑީ މުއާޒް އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ކަމަށް

SHARE

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި މުއާޒް މުހައްމަދު ރަޝީދު، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ފެނަކައިގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި މުއާޒް، އެމްޑަބްލިއުއެސްސީގެ ބޯޑަށް އައްޔަނުކުރުމަށް އެ ކުންފުނިން މިހާރު ވަނީ ފާސްކޮށްފައެވެ. މުއާޒް ފެނަކައިގެ އެމްޑީ ކަމުން އިސްތިއުފާދެއްވީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ކުރި މަސައްކަތުގައި އެކަށީގެންވާ އެއްބާރުލުން ނުލިބޭކަމަށް ވިދާޅުވެއެވެ.

ފެނަކައިން އިސްތިއުފާދެއްވުމަށްފަހު މުއާޒް އާންމުކުރެއްވި ސިޓީގައި ބަޔާންކުރައްވައިފައިވާ ގޮތުގައި، ކުންފުނި ސަލާމަތްކުރުމަށް ތައްޔާރުކުރި ޕްލޭންތައް ކަމާގުޅޭ އިދާރާތަކާ ހިއްސާކުރެއްވި ނަމަވެސް އެކަމަށް އެއްވެސް އަލިމަގެއް ފެނިފައެއް ނުވެއެވެ. އޭގެ އިތުރުން، ކުންފުނީގެ ޚަރަދުތައް ބޮޑުވެ، ދެމެހެއްޓެނިވި ގޮތެއްގައި އޮޕަރޭޝަން ފޯރުކޮށްނުދެވޭނެ ހާލަތަކަށް ކުންފުނި ވެއްޓިފައިވާކަމަށާއި، އޭނާ މަގާމުގައި ހުންނަވައިގެން އެކަން އިތުރަށް ރަނގަޅުކުރެވޭނެ މަގެއް ނުފެންނަކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ނަމަވެސް، އޭނާ މަގާމާ ހަވާލުވެވަޑައިގެން ހުންނެވި އެއް އަހަރުގެ ތެރޭގައި ކުންފުނި ހިންގަން ދިމާވި ދަތިތަކާއެކުގައި ވެސް ރައްޔިތުންނަށް މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދިނުމުގައި އެދެވޭ ނަތީޖާއެއް ހާސިލުކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d