logo

ފަރުތައް އާލާކުރުމާއި މޮނިޓާ ކުރުމަށް އެޗްޑީސީ އާއި މެރިން ރިސާޗް އިންސްޓިޓިއުޓުގެ އެމްއޯޔޫއެއް

ފާތިމަތު މިޝްކާ

22 ޖުލައި 2026 - 07:49
ފަރުތައް އާލާކުރުމާއި މޮނިޓާ ކުރުމަށް އެޗްޑީސީ އާއި މެރިން ރިސާޗް އިންސްޓިޓިއުޓުގެ އެމްއޯޔޫއެއް

SHARE

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ފަރުތައް އާލާކުރުމާއި މޮނިޓަރކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްޓަކައި އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރިސާޗް އިންސްޓިޓިއުޓްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަމްޖަދު އަޙްމަދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ އެޗްޑީސީން ކުރިއަށްގެންދާ ފަރުތައް އާލާކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އިރުޝާދާއި، ތަޖުރިބާ އަދި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން، ރާއްޖޭގެ ފަރުތައް މޮނިޓަރކުރުމާއި އެ ދާއިރާއިން ކުރެވޭ ސައިންޓިފިކް ދިރާސާތައް ހަރުދަނާކުރުމުގައި އެޗްޑީސީގެ ފަރާތުން އެއްބާރުލުން ދިނުންވެސް މި އެއްބަސްވުމުގައި ހިމެނެ އެވެ.

މި އެމްއޯޔޫއަކީ ރާއްޖޭގެ ފަރުތަކުގެ ދިރުންތައް އާލާކޮށް، އެ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެޗްޑީސީ އަދި މެރިން އިންސްޓިޓިއުޓްއިން ދެކެ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d