logo

ހަފުތާއެއް ތެރޭ ސްކޭމްގެ 43 މައްސަލަ, ގެއްލުނު ފައިސާގެ އަދަދު ދެލައްކައަށްވުރެ ގިނަ

އައިޝަތު ހިދާޔާ

25 ޖުލައި 2026 - 08:59
ހަފުތާއެއް ތެރޭ ސްކޭމްގެ 43 މައްސަލަ, ގެއްލުނު ފައިސާގެ އަދަދު ދެލައްކައަށްވުރެ ގިނަ

ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގް --- ފޮޓޯ: ހުރިހާ

SHARE

ހަފުތާއެއްތެރޭ ސްކޭމުގެ 43 މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވާއިރު, މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު ދެ ލައްކައަށްވުރެ ގިނަ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ މިމަހުގެ 12ވަނަ ދުވަހުން ފެށިގެން 18ވަނަ ދުވަހާ ހަމައަށް އެ އިދާރާއަށް ހުށަހެޅި މައްސަލަތަކުގެ ތަފާސްހިސާބު ހިއްސާކޮށްފައެވެ. މި ތަފާސްހިސބުތައް ދައްކާގޮތުން މި މުއްދަތުގައި ސްކޭމްގެ މައްސަލަތަކުގައި ވަނީ ޖުމުލަ 254,517 ރުފިޔާ ގެއްލިފައެވެ. މީގެތެރެއިން އަނބރާ ހޯދިފައި ވަނީ 188,799 ރުފިޔާއެވެ.

ފުލުހުން ބުނީ, އެ މުއްދަތުގައި ސްކޭމް ކުރުމަށް އެންމެ ގިނައިން ބޭނުންކޮށްފައި ވަނީ:

  1. އޮންލައިން މެސެޖިން މަންސަތައް
  2. އައިބޭ
  3. ފޯންކޯލް
  4. ފިޝިން ލިންކް އަދި
  5. ފޭސްބުކް މާކެޓް ޕްލޭސްކަމަށެވެ

ސްކޭމްގެ ބާވަތްތަކަށް ބަލާއިރު އެހެންމީހުންނަށް ވެގެން ގިނަ އަދަދަކަށް މީހުން ސްކޭމް ކޮށްފައި ވެއެވެ. އެފަދަ 14 މައްސަލައެއް ރިޕޯޓުކޮށްފައި ވާއިރު އީކޮމާސް ޕްލެޓްފޯމުތައް ބޭނުންކޮށްގެން ސްކޭމް ކުރުމުގެ 12 މައްސަލައެއް ރިޕޯޓުކޮށްފައި ވެއެވެ. ފައިސާ މާރުކުުރުމުގެ ނަމުގައި ސްކޭމްކުރި ދެ މައްސަލައެއް ރިޕޯޓުކޮށްފައި ވާއިރު އެ ހަފުތާގައި އެހެނިހެން ގޮތްގޮތުން ސްކޭމް ކުރުމުގެ 15 މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

undefined

ފުލުހުން ވަނީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން, ވިޔަފާރީގެ މުއާމަލާތެއްކުރާއިރު ފައިސާ ފޮނުވަން އެދެފިނަމަ އިތުރުގޮަތަކަށް ޔަގީންކުރުމަށާއި ފައިސާ ފޮނުވަން އެދޭ ފަރާތުގެ އެކައުންޓް ނަންބަރު އެމީހާއާ ދިމާވޭތޯ ކަށަވަރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި އޮންލައިންކޮށް މުއާމަލާތްކުރައްވާއިރު އަބަދުވެސް ވާހަކަ ދައްކާ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި މުދާ ނުލިބެނިސް ފައިސާ ނުފޮނުވުމަށާއި ފައިސާ ފޮނުވުމުގައި އިތުބާރު ހިފޭ ވަސީލަތްތައް ބޭނުންކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d