logo

ބައެއް ބޭސްތަކުން 2000 އިންސައްތައިގެ ޕްރޮފިޓެއް ނަގަމުންދިޔަ، ބޭހުގެ ދަތިކަން ކުރިމަތިކުރުވަނީ މި މާފިޔާ ހުއްޓުވުމުން: ރައީސް

މިންހާ އަބްދުالله

26 ޖުލައި 2026 - 08:22
ބައެއް ބޭސްތަކުން 2000 އިންސައްތައިގެ ޕްރޮފިޓެއް ނަގަމުންދިޔަ، ބޭހުގެ ދަތިކަން ކުރިމަތިކުރުވަނީ މި މާފިޔާ ހުއްޓުވުމުން: ރައީސް

ރައީސް މުއިއްޒު މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

SHARE

ރައްޔިތުންނަށް ބޭސް ލިބުމުގައި ދަތިކަން ކުރިމަތިކުރުވަމުންދަނީ ބައެއް އަމިއްލަ ފަރާތްތަކުން ގަސްތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތުހުމަތު ކުރައްވައިފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތީ މެޑިކަލް މާފިޔާއެއް ކަމަށެވެ. ބައެއް އަމިއްލަ ފަރާތްތަކުން ބައެއް ބޭސްތަކުން އާސަންދަ މެދުވެރިކޮށް 2000 އިންސައްތައިގެ ފައިދާއެއް ނަގަމުންދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަން ހުއްޓުވީ ރައްޔިތުންގެ ހައްގުގައި ކަމަށާއި މިހާރު ބޭސް ލިބުން ދަތިވެފައިވަނީ އެކަން ހުއްޓުވުމުން އޭގެ ބަދަލެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ކަންކަން ކުރަމުންދާ ގޮތުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުންގެ ހައްގުގައި މި އިސްރާފަށް ނިމުމެއް ގެނައީ، 500 އެތައް މިލިއަން ރުފިޔާއެއް ކޮންމެ އަހަރަކު ސަލާމަތްވެގެން މިދަނީ، އޭގެ ބަދަލެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ކުރި ކަންކަމުގެ ސަބަބުން ބޭހުގެ ދަތިކަން ކުރިމަތިވެގެން މިއުޅެނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމާ އުފެއްދީ ބޭސް ލިބުމުގެ ދައްޗަށް ހައްލެއް ހޯދުމަށް ކަމަށެވެ. އަދި އުންމީދަކީ ކުރިއަށް އޮތް ދެ ތިން މަސް ތެރޭ ބޭހުގެ މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަަން (އެސްޓީއޯ)ގެ ދަށުން ހިންގި ބޭސް ފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓް ފާމާގެ ދަށަށް ރަސްމީކޮށް ބަދަލުކުރީ މި ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ.

ސްޓޭތް ފާމާ ކުންފުނީގެ މައިގަނޑު މަގުސަދަކީ މުޅި ރާއްޖޭގައި ބޭހުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދީ, މި ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުުރމުގައި ސާބިތުކަމާއެކު ދެމިތިބުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d