logo

މިއަހަރުގެ ލާމެހި ދިއްގަރު އެކުވެރި ފުޓްސަލް ޗެލެންޖު ފަށައިފި

އައިޝަތު ހިދާޔާ

27 ޖުލައި 2026 - 07:21
މިއަހަރުގެ ލާމެހި ދިއްގަރު އެކުވެރި ފުޓްސަލް ޗެލެންޖު ފަށައިފި

SHARE

މި. ދިއްގަރު, ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުން އިސްނަގައިގެން ކޮންމެ އަހަރަކު ބާއްވާ "ލާމެހި ދިއްގަރު އެކުވެރި ފުޓްސަލް ޗެލެންޖު" މިއަހަރު ވެސް ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މުޅި މ. އަތޮޅަށް ހުޅުވައިލައިގެން ބާއްވާ މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އަގީގާ މޯލްޑިވްސްގެ ވެރިޔާ އަލީ ޝަމީމެވެ.

މިއަހަރު މި މުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރެއެވެ. މި މުބާރާތުގެ ފުރަތަމަ މެޗުތައް އިއްޔެ ވަނީ ކުޅެފައެވެ. އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ވާދަކޮށްފައި ވަނީ, ޑީސީޖޭ ސްޕޯޓްސް ކްލަބް އަދި ވެސްޓް ސްޕޯޓްސް ކްލަބެވެ. ނުވައެއް އެކެއްގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކުރީ ޑީސީޖޭ ސްޕޯޓްސް ކްލަބެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އެ ކުލަބުގެ ޖާޒީ ނަމްބަރު ނުވައެއް އަލީ ހާފިޒެވެ.

އިއްޔެ ބޭއްވި ދެވަނަ މެޗުގައި ކުޅެފައި ވަނީ, ޕާކް ފުޓްބޯލް ކްލަބް އަދި ކްލަބް އަލެއަންޒާއެވެ. މި މެޗު ތިނެއް ތިނެއްގެ ނަތީޖާއަކުން އެއްވަރުވެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖަސްޓް ޕާކްގެ ޖާޒީ ނަމްބަރު ދިހައެއް އިބްރާހީމް ރިމާހެވެ.

މިރޭ ވެސް ދެ މެޗެއް ކުޅެން ތާވަލުކޮށްފައި ވާއިރު, މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޑީސީޖޭ ސްޕޯޓްސް ކްލަބް އަދި ޕާކް ފުޓްބޯލް ކުލަބެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ވެސްޓް ސްޕޯޓްސް ކްލަބް އަދި ކްލަބް އަލެއަންޒާއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މިމަހުގެ 31ވަނަ ދުވަހުގެ ރޭ 21:00ގައެވެ.

މިއީ މި މުބާރާތް ބާއްވާ ހަތަރުވަނަ އަހަރެވެ. މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ, ޓީމް އިފްހާމްސްއިނެވެ. މިދިޔަ އަހަރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަބްދުالله ޖުނައިދުއެވެ.

undefined

މިއަހަރުގެ ލާމެހި ދިއްގަރު އެކުވެރި ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ދިއްގަރު ކައުންސިލެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކީ މައިލޯއެވެ. އަދި މުބާރާތުގެ ގޯލްޑް އަދި ސިލްވާ ސްޕޮންސަރަކީ އަގީގާ މޯލްޑިވްސް އަދި ބީއެމްއެލް, ރައްޓެހި އިން ރަކީދޫއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d