logo

ކޮރަޕްޝަންގެ މައްސަލަތަކުގައި ގެއްލުނު ފައިސާ ހޯދޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑު: ރައީސް

އައިޝަތު ހިދާޔާ

30 ޖުލައި 2026 - 06:58
ކޮރަޕްޝަންގެ މައްސަލަތަކުގައި ގެއްލުނު ފައިސާ ހޯދޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑު: ރައީސް

ރައީސް ނޫސްވެރިންގެ ބައްދަލުވުމުގައި -- ފޮޓޯ/ ރައީސް އޮފީސް

SHARE

ކުރީ ސަރުކާރުތަކުގައި ހިންގި ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުލަތުން ގެއްލުނު ފައިސާ ހޯދޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މިފަދަ މައްސަލަތަކުގައި ގެއްލިފައިވާ ފައިސާ ހޯދުމަށް ކުރާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. މިކަމާ ގުޅިގެން އިތުރަށް ވާހަކަ ދައްކަވަމުން "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ, މިއީ އުނދަގޫ ކަމެއްކަމަށް ގިނަ ބަޔަކު ދެކުނު ނަމަވެސް މިކަން ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތްކަމަށެވެ.

މިކަން ކާމިޔާބުކުރަން ރައްޔިތުންގެ މަޖިލީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ކޯޓުތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ އެއްބާރުލުން ބޭނުންވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ހުރިހާ ފަރާތްތަކުން އެއް ޕްލރޓްފޯމެއްގައ މަސައްކަތްކުރާކަމަށްވަންޏާ ހަމަ ޔަގީނުން ވެސް ނަތީޖާ ފެންނާނެ," ރައީސް ވިދާޅުވިއެވެ.

މި މަސައްކަތުގެ ނަތީޖާ ނެރުމަށް އެސެޓް ރިކަވަރީ ބިލެއް ހުށަހަޅާނެކަމަށް ރައީސް ވިދާޅުވިއެވެ. އެ މަސައްކަތް ވެސް މިހާރު ގާތްގަނޑަކަށް ނިމިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެ ބިލް ތަންފީޒުވެގެން އަންނައިރުގަ އެގާނޫނު ތަންފީޒު ކުރުމުގެ ބޭނުމުގައި ވެސް އެބަޖެހޭ ބައެއް އެހެން ގާނޫނުތަކަށް ބަދަލު ގެންނަން. ހާއްސަކޮށް ޖިނާއީ އިޖުރާއަތުގެ ގާނޫނު. އެހެންވީމައި މިހެން ހުރި ބައެއް ލީގަލް ކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން," ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު އޭސީސީ ފަދަ މުއައްސަސާތައް އިތުރަށް ވަރުގަދަވުމަކީ ވެސް މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތުން ދައުލަތުން ގެއްލިފައިވާ މުދަލުގެ ތެރެއިން ބޮޑު އަދަދެއް ނުވަތަ ގާތްގަނޑަކަށް ހުރިހާ މުދަލެއް ހޯދުމުގައި ބަތީޖާ ނެރެވޭނެކަމަށް އަޅުގަނޑުމި ގަބޫލު ކުރަނީ," ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާނަތަށް ހިނގި އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ އެމްއެންޕީއާރުސީގެ މައްސަލަ ފަދަ މައްސަލަތައް ތަހުގީގު ކުރުމަކީ ވަރަށް ބުރަ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެމްއެންޕީއާރުސީގެ މައްސަލަ ތަކުގައި ދައުލަތުން ގެއްލުނު 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ކަމާގުޅޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް އޭސީސީން މިދިޔަ އަހަރު ވަނީ ބުނެފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d