logo

ޕީޖީ އޮފީހުގެ ހުރިހާ މަސައްކަތެއް ޑިޖިޓަލައިޒް ކުރާ "ޕީޖީއޯ 2.0" އިފުތިތާހުކޮށްފި

އައިޝަތު ހިދާޔާ

11 އޯގަސްޓު 2026 - 07:34
ޕީޖީ އޮފީހުގެ ހުރިހާ މަސައްކަތެއް ޑިޖިޓަލައިޒް ކުރާ  "ޕީޖީއޯ 2.0"  އިފުތިތާހުކޮށްފި

SHARE

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމް، "ޕީޖީއޯ 2.0" ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް "ޕީޖީއޯ 2.0" އިފްތިތާހުކޮށްދެއްވީ، ބާސެލޯ ނަސަންދުރާގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައެވެ.

ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ 2028ވަނަ އަހަރާ ހަމައަށް އަންނައިރު، ޕީޖީ އޮފީހަކީ، ފުރިހަމައަށް ޑިޖިޓަލައިޒްކުރެވިފައިވާ، ދެފުށް ފެންނަ ޕްރޮސެކިއުޝަން ޚިދުމަތެއްދޭ ތަނަކަށް ހެދުން ކަމަށް އެ އޮފީހުން ބުންޏެވެ.

މި ޕްރޮގްރާމުގެ ދަށުން ޕީޖީ އޮފީހުގައި މިހާރު ބޭނުންކުރަމުންއަންނަ ކޭސް މެނޭޖްމަންޓް ސިސްޓަމް "މަފިނި" އިތުރަށް ފުރިހަމަކޮށް، ސިސްޓަމަށް އޭއައި އިތުރުކުރާނެއެވެ. މީގެތެރޭގައި ގާނޫނީ ލިޔެކިއުންތައް ދިރާސާކުރުމާއި، ދައުވާ ފޯމުތަކުގެ ޚުލާސާ އެކުލަވާލުމާއި، އައިޑެންޓިޓީ ޗެކްކުރުމާއި، ހެކިބަހާއި ލިޔެކިއުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އިތުރުން، އާންމުންނަށް މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދޭ "ސިޓިޒަން އޭޖެންޓް" ހިމެނޭކަމަށް އެ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި މި ސިސްޓަމް ފަރުމާކުރެވިފައިވަނީ ދިވެހިބަހަށް އިސްކަންދީގެންނެވެ. އަދި މައްސަލަތަކުގެ މައުލޫމާތާއި ސިސްޓަމްތައް ބަލަހައްޓާނީ ރާއްޖޭގެ އަމިއްލަ ސިޔާދަތީ ކޮންޓްރޯލްގެ ދަށުގައި، ޕީޖީ އޮފީހުންނެވެ.

މަސައްކަތްތަކަސް އޭއައި ވަސީލަތްތައް ބޭނުންކުރި ނަމަވެސް، ކުށުގެ ދަޢުވާކުރުމާއި ނުކުރުމުގެ ފަހު ނިންމުންތައް ނިންމާނީ ޕްރޮސެކިއުޓަރުންކަން އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

މިއަދު ހެނދުނު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި، ހެއްކާ ބެހޭ ގާނޫނަށް އެ އޮފީހުގެ އެކަޑަމީން ތައްޔާރުކުރައްވާފައިވާ ފޮތް، "އެވިޑެންސް، އަ ޕްރެކްޓިޝަނާޒް ގައިޑް" ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d