logo

މަނިކު ސޭޓުގެ އެޕާޓްމަންޓުން 4 މިލިއަނެއްހާ ރުފިޔާ ވަގަށް ނެގި މައްސަލައިގައި 5 މީހަކަށް ދައުވާ

ފާތިމަތު މިޝްކާ

11 ޖުލައި 2026 - 10:35
މަނިކު ސޭޓުގެ އެޕާޓްމަންޓުން 4 މިލިއަނެއްހާ ރުފިޔާ ވަގަށް ނެގި މައްސަލައިގައި 5 މީހަކަށް ދައުވާ

ކްރިމިނަލް ކޯޓު

SHARE

މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހީމް އަޙްމަދު (މަނިކު ސޭޓު) ގެ އެޕާޓްމަންޓުން ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ތުހުމަތުކުރެވޭ ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ޕީޖީ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މ. އޭސިޔާ އަޙްމަދު ފާރިސް، ހދ. ނޮޅިވަރަންފަރު ޖަޒީލާމަންޒިލް ޖަޒީލު މުޙައްމަދު، ސ. މީދޫ މޫންލައިޓްވިލާ މުޙައްމަދު އަފްރާޙް، ރ. މަޑުއްވަރި ދާރުލްއައްވަލް އިސްމާޢީލް ޢާޞިފް އަދި ޅ. ނައިފަރު ކަސްތޫރިމާގެ މުޙައްމަދު ނޫރު އަޙްމަދުގެ މައްޗަށެވެ.

މި ފަސް މީހުންގެ މައްޗަށް ވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އުފުލާފައެވެ. މިއީ ތިން އަހަރާއި ދެ މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް އަންނަ ކުށެކެވެ. މީގެ އިތުރުން ފާރިސް، ޖަޒީލު އަދި ނޫރުގެ މައްޗަށް ވަނީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ވެސް އުފުލާފައެވެ.

މި ވައްކަން ހިންގާފައިވަނީ މަނިކު ސޭޓުގެ އާއިލާ ފާއިތުވި ރޯދަމަހުގެ ފަހު ދިހައެއްގައި އުމްރާގެ އަޅުކަމަށް މައްކާއަށް ގޮސްވީ ވަގުތުގައެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި މި އަމަލު ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ މަނިކު ސޭޓުގެ އާއިލާއަށް ނިސްބަތްވާ އިސްމާޢީލް ޢާޞިފެވެ. އަދި މި ވައްކަން ކޮށްފައިވަނީ އާއިލާ ފުރައިގެން ދަމުން އޭނާއާ ގެ ހަވާލުކޮށްފައި ވަނިކޮށް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހުގެ ރޭގަނޑު ހިނގި މި ހާދިސާގައި، މ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓުގައި ހުރި ދެ ތިޖޫރީއެއް ފަޅާލައި، ޖުމްލަ 3,992,000 ރުފިޔާ ވަނީ ވަގަށް ނަގާފައެވެ. ޕީޖީ އޮފީހުން ވަނީ މި ފައިސާ އަނބުރާ ހޯދައިދިނުމަށް ވެސް ކޯޓުގައި އެދިފައެވެ.

މި މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ އުމުރުން 36 އަހަރުގެ ޢާޞިފަކީ މީގެ ކުރިން ވެސް ބޮޑެތި ކުށްތަކުގެ ރެކޯޑު އޮތް ފަރާތެކެވެ. 2022 ވަނަ އަހަރު އޭނާގެ މައްޗަށް ވަނީ ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި ހިންގި ހަމަނުޖެހުމެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް ސާބިތުވެ 10 އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ. ނަމަވެސް 2023 ވަނަ އަހަރު އަހަރު އޭނާއަށް މައާފްދީ ވަނީ މިނިވަންކޮށްފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d