logo

ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ފުރުސަތުދިން މީހަކު 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ސައިފުﷲ އަލީ

10 ސެޕްޓެމްބަރު 2026 - 12:35
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ފުރުސަތުދިން މީހަކު 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ކްރިމިނަލް ކޯޓު

SHARE

މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދިޔަ ގެއެއްގައި އެކަން ކުރަން ފުރުސަތު ދީގެން ހުރިކަން ސާބިތުވި އެ ގޭގެ ވެރިފަރާތް ދިހަ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއީ ވަކި ތަނެއްގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ހިންގަމުންދާކަން އެނގިހުރެ، އެކަން ކުރުމަށް ގޭގެ ވެރިފަރާތުން ހުއްދަ ދީފައިވާކަން ސާބިތުވެގެން ރާއްޖޭގައި މީހެއްގެ މައްޗަށް ހުކުމްކުރި ފުރަތަމަ ފަހަރެވެ. މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ގ. ޕެލިކަން ގޭގެ ވެރިފަރާތް ކަމަށްވާ އިބްރާހީމް ނާޒިމްގެ މައްޗަށެވެ.

ދައުލަތުން ކުރި ދައުވާގައި ބުނެފައިވާ ގޮތުން 2014 ވަނަ އަހަރުން ފެށިގެން އެ ގޭގައި މީހުން މަސްތުވާތަކެތި ބޭނުންކޮށް އަދި ވިޔަފާރިކުރަމުން ގޮސްފައިވެއެވެ. އެ ގެއިން މަސްތުވާތަކެތި ގަންނަން ލިބޭކަން ފުލުހުންނަށް ތަފާތު އެކި ފަހަރު މަތިން އެނގުމާ ގުޅިގެން، އެ ތަން ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު އެތައް ބަޔަކު ހައްޔަރުކޮށްފައިވެއެވެ. ދައުވާއަށް އިންކާރުކޮށް ނާޒިމް ކޯޓުގައި ބުނެފައިވަނީ އެ ތަނަކީ އެހެން ބަޔަކަށް ކުއްޔަށް ދޫކޮށްފައި ހުރި ތަނެއް ކަމަށާއި އޭނާ ހުރި ވަގުތެއްގައި އެފަދަ ކަމެއް ކޮށްފައި ނެތް ކަމަށެވެ.

މި މައްސަލަ ބެއްލެވި ގާޒީ މިސްބާހު މުހައްމަދު ކުރެއްވި ހުކުމުގައި ފާހަގަކުރައްވާފައިވަނީ 2020 ވަނަ އަހަރު އެކަން ހުއްޓުވުމަށް ނާޒިމަށް ފުލުހުން ނޯޓިސް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ތަކުރާރުކޮށް ނޯޓިސް ދިންއިރުވެސް ކުލީގެ އެއްބަސްވުން ދަމަހައްޓާފައިވާތީ، އެ ތަނުގައި ހިންގަމުންދިޔަ ކުށުގެ އަމަލަށް އޭނާ ފުރުސަތު ދީފައިވާކަމަށް ބަލަންޖެހޭނެކަމަށް ގާޒީ ނިންމެވިއެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 121 ވަނަ މާއްދާގެ ދަށުން ކުށް ސާބިތުވުމުން އޭނާގެ މައްޗަށް އިއްވާފައިވަނީ ގާނޫނުގައި އެ ކުށަށް ކަނޑައަޅާފައިވާ 10 އަހަރުގެ ޖަލު އަދަބެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d