logo

ކްރިމިނަލް ކޯޓަށް އިތުރު ތިން ފަނޑިޔާރުން އައްޔަންކުރަން ޖޭއެސްސީން ނިންމައިފި

ސައިފުﷲ އަލީ

9 އޯގަސްޓު 2026 - 17:25
ކްރިމިނަލް ކޯޓަށް އިތުރު ތިން ފަނޑިޔާރުން އައްޔަންކުރަން ޖޭއެސްސީން ނިންމައިފި

ޖޭއެސްސީގެ އޮފީސް --- ރާއްޖެ އެމްވީ

SHARE

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އިތުރު ތިން ބޭފުޅަކު އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެ ކޮމިޝަނުން ރޭ ބޭއްވި ބައްދަލުވުމެއްގައި ކްރިމިނަލް ކޯޓަށް އައްޔަންކުރަން ނިންމީ ހއ. ދިއްދޫ ޑޭޒީމާގެ އަހުމަދު ތައުފީގާއި، ޅ. ކުރެންދޫ ނޫރާނީގެ ސުލައިމާން މުހައްމަދު އަދި ތ. ވޭމަންޑޫ ޑްރީމް މުހައްމަދު އަބްދުﷲ އެވެ.

ކްރިމިނަލް ކޯޓަށް ތިން ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީން އިއުލާން ކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ ނަވާވީސް މީހަކު ކުރިމަތިލާފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ ބައެއް ފަނޑިޔާރުންނާއި މިހާރު ވެސް މެޖިސްޓްރޭޓް ކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުން ހިމެނެއެވެ.

ޖޭއެސްސީން މި ތިން ބޭފުޅުން އައްޔަން ކުރަން ނިންމާފައިވީ ނަމަވެސް، އެ ކޮމިޝަނުން މިކަން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގެ އިތުރުން ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ ތިން މަގާމަކަށް ވެސް ކުރިމަތިލާން ޖޭއެސްސީން ވަނީ ހުޅުވާލާފައެވެ. އެ މަގާމުތަކަށް ސާޅީސް ދެ ބޭފުޅަކު ކުރިމަތިލާފައިވީ ނަމަވެސް، ސިވިލް ކޯޓަށް އައްޔަން ކުރަން ނިންމި ބޭފުޅުންގެ މައުލޫމާތު އަދި ސާފުވާ ގޮތެއް ނުވެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d