logo

ސިވިލް ކޯޓުގެ ގާޒީ އިހުސާން ސަސްޕެންޑްކޮށްފި

ސައިފުﷲ އަލީ

19 އޯގަސްޓު 2026 - 13:01
ސިވިލް ކޯޓުގެ ގާޒީ އިހުސާން ސަސްޕެންޑްކޮށްފި

SHARE

ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާންއާ ގުޅޭ ގޮތުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން، ވަކި ގޮތެއް ކަނޑައަޅަންދެން 60 ދުވަހުގެ މުއްދަތަށް އޭނާ ސަސްޕެންޑްކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ އިހުސާންއާ ގުޅޭ ގޮތުން ތަހުގީގުކުރަމުން އަންނަ މައްސަލައިގެ ބާވަތަށާއި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އޭނާ މަގާމުގެ މަސައްކަތްތަކުން ވަގުތީ ގޮތުން ދުރުކުރަން ނިންމީ ކޮމިޝަނުގެ ޖަލްސާގައެވެ.

މިއަދުން ފެށިގެން އަމަލުކުރަން ފެށި މި ނިންމުމާއެކު، އޭނާ ސަސްޕެންޑްކޮށްފައިވަނީ 60 ދުވަހުގެ މުއްދަތަށެވެ.

ގާޒީ އިހުސާން ސަސްޕެންޑްކުރިއިރު، ލެގޫންސް ސްޕޯޓްސް ކްލަބާ ދެކޮޅަށް ހުށަހަޅާ މައްސަލަތަކުގައި ސިވިލް ކޯޓުން އަމަލުކުރާ ގޮތާމެދު އެ ކްލަބުގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ މައްސަލައިގައި އެ ކްލަބުން ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ސިޓީއެއްވެސް ފޮނުވާފައެވެ.

އެ ކްލަބާ ދެކޮޅަށް ސިވިލް ކޯޓުން ނެރެފައިވާ އަމުރަކީ އެއްވެސް ފަރާތެއްގެ ކިބައިން މައުލޫމާތެއް ހޯދުމެއް ނެތި ނެރެފައިވާ އަމުރެއް ކަމަށް ބުނެ އެ ސިޓީގައި ނުރުހުން ފާޅުކޮށްފައިވެއެވެ. އެ އަމުރު ނެރުއްވާފައިވަނީ ގާޒީ އިހުސާންއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d